2018 ވަނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕްގެ އޮފިޝަލް ލޯގޯ ދައްކާލައިފިއެވެ.
ރަޝިއާގެ ވެރިރަށް މޮސްކޯގައި ލޯގޯ ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި ފީފާގެ ރައީސް ސެޕް ބްލެޓާ އަދި 2006 ވަނަ އަހަރުގެ ވޯލްޑްކަޕް އިޓަލީގެ ގައުމީ ޓީމާއެކު ހޯދާފައިވާ ފަބިއޯ ކަނަވާރޯ ވަނީ ބައިވެރިވެފައެވެ.
ރަޝިއާގައި ބާއްވާ ވޯލްޑްކަޕްގެ ލޯގޯ ރަސްމީކޮށް ދައްކާލީ ޖައްވުގައި މިވަގުތު ތިބި 3 އެސްޓްރޮނޯޓުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފީފާގެ ރައީސް ސެޕް ބްލެޓާ ވިދާޅުވީ ލޯގޯ ރަސްމީކޮށް ލޯންޗްކުރުމާއެކު ވޯލްޑްކަޕަށް ތައްޔާރުވުމުގެ މަސައްކަތް ރަސްމީކޮށް ފެށުނީ ކަމަށެވެ. ރަޝިއާގައި 4 އަހަރުފަހުން ބާއްވާ ވޯލްޑްކަޕަކީ ކާމިޔާބު ވޯލްޑްކަޕަކަށް ވާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ބްލެޓާ ވިދާޅުވިއެވެ.
ރަޝިއާގައި ބާއްވާ ވޯލްޑްކަޕުގެ މެޗުތަށް ކުޅުމަށް ހަމެޖެހިފައިވަނީ އެގައުމުގެ 11 ސިޓީއެއްގައެވެ.
2018 ވަނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕްގެ ލޯގޯ ދައްކާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ