މިދިޔަ ހަފްތާގައި ހޯމް މިނިސްޓަރު ކަމުން އިސްތިއުފާދެއްވުމަށްފަހު، ކުރިޔަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ކަނޑައަޅުއްވާފައިވާ ކަމަށް އިއްޔެ އިއުލާނުކުރެއްވި އުމަރު ނަސީރުގެ ރިޔާސީ ރޭހުގައި، އޭނާއާ އެކު ނުކުންނަވާނެ ރަނިންގ މޭޓެއްގެ ގޮތުގައި ރައީސް މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން ހަމަޖައްސާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ވަގުތަށް އެނގިފައިވާ ގޮތުގައި، ރައީސް މައުމޫނާ ގާތް ގުޅުމެއް އޮންނަ އުމަރު ނަސީރު ރޭގެ ވަގުތެއްގައި ވަނީ އޭނާ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖާގަ ހޯދުމުގެ ގޮތުން ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރަން ނިންމާފައިވާކަން ބަޔާންކޮށް އެ ޕާޓީގެ ރައީސް މައުމޫނަށް ސިޓީއަކުން އެކަން އަންގަވާފައެވެ. އަދި، އުމަރު ވަނީ އެކަން އާންމުކޮށް އިއުލާނު ކުރައްވާފައެވެ.
އެއިން އެއްވެސް ލިޔުމެއްގައި ނުވަތަ އެނޫންވެސް މަގަކުން އުމަރުގެ ރަނިންގ މޭޓަކީ ވަކި ކޮން ފަރާތެއްކަން މިވަގުތަށް ހާމަކޮށްފައި ނުވިޔެއްކަމަކު، އިތުބާރު ހުރިގޮތަކަށް ވަގުތަށް އެނގިފައިވާ ގޮތުގައި އުމަރުގެ ރަނިންގ މޭޓެއްގެ ގޮތުގައި ނެރުމަށް ހަމަޖެހިފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު ފާރިޝް މައުމޫނެވެ.
އުމަރު ނަސީރުގެ ރަނިންގ މޭޓަކަށް ފާރިޝް މައުމޫން ނުކުންނަވަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ