މިއަހަރުގެ ވޮލީބޯޅަ ސީޒަން ހުޅުވާ މެޗު މާދަމާ ހަވީރު  ބަނޑޮސް އައިލެޑް ރިސޯޓުގައި ކުޅުމަށް ވޮލީ ބޯލް އެސޯސިއޭޝަނުން ނިންމައިފި އެވެ.
ސީޒަން ހުޅުވާ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ބަނޑޮސް އައިލެންޑް ރިސޯޓާއި ދިވެހި ސިފައިގެ ކުލަބެވެ. 
ވޮލީ އެސޯސިއޭޝަންގެ އިސްއޮފިޝަލަކު ވިދާޅުވީ، ފާއިތުވި ދެއަހަރުވެސް ސީޒަން ހުޅުވާމެޗު ކުޅެމުން އައީ ރިސޯޓްތަކުގައި ކަމާށާއި އެގޮތުން މިފަހަރުގެ މެޗް ބަނޑޮހުގައި ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ވެސް ފާއިތުވި ދެ އަހަރުގެ ސީޒަން ހުޅުވި މެޗާ އެއްގޮތަށް ކަމަށެވެ. 
މިދިޔަ އަހަރުގެ ވޮލީސީޒަން ހުޅުވުމުގެ ގޮތުން ވަންއެން އޮންލީ ރީތިރަށް ރިސޯޓުގައި ކުޅުނު، މެޗު ކާމިޔާބު ކުރީ އެރިސޯޓުންނެވެ. އަދި 2010 ވަނަ އަހަރުގެ ސީޒަން ހުޅުވުމުގެ ގޮތުން މާލޭގައި ކުޅުނު މެޗުން މޮޅުވީ ސިފައިންގެ ކުލަބެވެ.
    
    ވޮލީބޯޅަ: ސީޒަން ހުޅުވާ މެޗު މާދަމާ ހަވީރު ބަނޑޮހުގައި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ