ލ .މުންޑޫ ރައްޔިތުންގެ އިންޖީނުގެ ފެނަކަ އާއި ހަވާލުކޮށްފި

ލ. މުންޑޫގެ ރައްޔިތުންގެ އިންޖީނުގެ ހިންގުން ފެނަކަ ކޯޕަރޭޝަނާއި މިއަދު ހަވާލުކޮށްފިއެވެ.މިއަދު ފެނަކަ ކޯޕަރޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލެވެ. މުންޑޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސެލަރ އާދަމް ނާސިފް ގެ އިތުރުން މުންޑޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަލީ ޝަފީޢުއެވެ.
"ރަށުގެ އާބާދީ ކިތަންމެ ކުޑަނަމަވެސް ޙިދުމަތް ފޯރުކޮށްދިނުމުގައި ރައީސް ޔާމީންގެ 24 ގަޑިއިރުގެ ކަރަންޓުގެ ސިޔާސަތާއި އެ އިހްތިސާސްގެ ތެރެއިން އަޅުގަނޑުމެންނާއި ހަވާލުވެފައިވާ އެހެނިހެން މަސައްކަތްތަކުގެ ފޮނި މީރުކަން ވެސް އެ ރަށުގެ ރައްޔިތުނަށް ލިބިގެންދާނެ" މިއަދުގެ ރަސްމިއްޔާތުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނިމާލް ވިދާޅުވިއެވެ.
" ލ. މުންޑޫގެ ރައްޔިތުންގެ އިންޖީނުގެ ފެނަކަ އާއި ހަވާލުކުރިކަމީ އަޅުގަނޑުމެން ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތް އެ ރަށުގެ ރައްޔިތުންވެސް ބަލައިގަންނަ ކަމުގެ ހެއްކެއް" ނިމާލް ވިދާޅުވިއެވެ.
"އެ ސަރަހައްދުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވެމުންދާނީ އެ ސަރަހައްދަށް ކަނޑައެޅިފައިވާ އަގުތަކަށް ކަމަށް ވެސް ފެނަކައިން މައުލޫމާތު ދެއްވައެވެ.
380 މީހުންގެ އާބާދީ އެއް އޮންނަ މުންޑޫގައި މިވަގުތު ކަރަންޓުގެ ޚިދުމަތްދެމުންދަނީ 90 ކިލޯ ކިލޯވޯލްޓުގެ ޖަނަރޭޓަރަކާއި 40 ކިލޯ ވޯލްޓުގެ ޖަނަރޭޓަރަކުން ކަމަށް ފެނަކައިން ބުނެއެވެ.ނަމަވެސް ވަރަށް އަވަހަށް 26 ކިލޯވޯލްޓުގެ އިތުރު ޖަނަރޭޓަރެއްގެ ޚިދުމަތް އެރަށުގައި ދެވޭނެކަމަށް ވެސް ފެނަަކައިން މައުލޫމާތުދެއްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ