ޕީޕީއެމްގެ ރައީސްކަމުން، މައުމޫން އަބްދުލް ގައްޔޫމް ދުރުކުރަން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ، އަނބުރާ ގެންގޮސްފިއެވެ.
މި މައްސަލަ ސިވިލް ކޯޓަށް ވައްދާފައިވަނީ، އެ ޕާޓީގެ ކައުންސިލް ދެ މެމްބަރުން ކަމަށްވާ، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްއެވެ.
ނަމަވެސް މައްސަލަ އަނބުރާ ގެންގޮސްފައިވަނީ، ޕީޕީއެމްގެ ހިންގުން، އެ ޕާޓީގެ މުސްތަޝާރު ކަމުގައިވާ ރައީސް އަބުދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފައިވާތީއެވެ.
ސިވިލް ކޯޓުގެ ފަނޑިޔާރު މުހަންމަދު ހަލީމް ކުރެއްވި ހުކުމްގައި ބުނެފައިވަނީ، ޕީޕީއެމް ހިންގުމާ ބެހޭގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަންދެން ޕާޓީ ހިންގުމުގެ އެންމެހާ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އެ ޕާޓީގެ މުޝްތަޝާރު ކަމަށް ކަނޑައަޅާ ކަމަށާއި މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ރަސްމީ ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމްގެ މުޝްތަޝާރު (ރައީސް ޔާމީން)ގެ މައްޗަށް އަމުރުކޮށް ހުކުމް ކުރާ ކަމަށެވެ.
އެ ހުކުމާއި އެއްގޮތަށް، ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން މިރޭ ކައުންސިލް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުން އޮންނާނީ، މިރޭ 9 ޖަހާއިރުއެވެ.
ނަމަވެސް ރައީސް މައުމޫން މިއަދު ވަނީ، ސިވިލް ކޯޓުގެ އެ ހުކުމް ތަންފީޒުނުކުރައްވާނެ ކަމަށް ވިދާޅުވެ، އެ ހުކުމް ހައިކޯޓުގައި އިސްތިއުފާން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މައުމޫން މަގާމުން ދުރުކުރަން ހުށައެޅި މައްސަލަ އަނބުރާ ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ