މި އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހު ބޭއްވުމަށް ހަމެޖެހިފައިވާ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވާލައިފި އެވެ.
ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރު ބާނާޑް ސެވޭޖް ޒިންހުއާ ނިއުސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބަކީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވުމަކީ އީޔޫއިން އެދޭ ގޮތް ކަމަށާއި އީޔޫގެ އިސްފަރާތްތައް މެދުވެރިކޮށް އެކަންތައް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާނެ ކަމަށެވެ.
މީގެކުރިން ވެސް އީޔޫއިން ވަނީ މިނިވަން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވުމަށް ގޮވާލާފައެވެ.
ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ (ކޯނީ)ގެ ރިޕޯޓާ މެދު މިހާރު ހިޔާލުތަފާތުވުން އުފެދިފައި ވިޔަސް އެ ކޮމިޝަން އުފެއްދި އިރު ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް ކޮމިޝަން ގަބޫލުކުރި ކަމަށާއި އެހެންނަމަވެސް މިހާރު އެރިޕޯޓާއި މެދު ހިޔާލު ތަފާތުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވީ، މިއަހަރު ބޭއްވުމަށް ކަނޑައެޅިފައިވާ ރިޔާސީ އިންތިޚާބު އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ކޮމިޝަނުން ނިންމާފައިވާއިރު އެކަމަށް ވާންޖެހޭ ތައްޔާރީތައް ކޮމިޝަނުން ވަމުންގެންދާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ދެވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ އިންތިހާބުގެ ދެ ވަނަ ބުރު 28 ސެޕްޓަމްބަރުގައި ބޭއްވުމަށް ވެސް ނިންމާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ