ސުޕްރީމް ކޯޓުު ހިންގެވުން އަރީފް އާ ހަވާލު ކުރައްވައިފި

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދި މިއަދުން ފެށިގެން ސަސްޕެންޑް ކުރުމާއި ގުޅިގެން ސުޕްރީމް ކޯޓު ހިންގެވުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފު އާ ހަވާލު ކުރައްވައިފިއެވެ.
ޖުޑިިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވިދާޅުވީ، އެ ކޮމިޝަނުން މިގޮތަށް ނިންމީ، މިއަދު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.
ސުޕްރީމް ކޯޓު ހިންގުން އަރީފް އާ ހަވާލުކުރިއިރު، އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީ ފަނޑިޔާރު ކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން، އެ ކޯޓުގެ ފަނޑިޔާރު އާދަމް މުޙައްމަދު އަބްދުﷲވެސް ސަސްޕެންޑްކޮށް، އޭނާ ވެސް މަގާމުން ވަކި ކުރަން ވަނީ ނިންމާފައެވެ.
މި ދެ ބޭފުޅުން ސަސްޕެންޑްކޮށްފައި ވަނީ ދެ މަސް ދުވަހަށެވެ.
ޖޭއެސްސީ އިން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒް އާދަމް މުހައްމަދު އަބްދުﷲ އާއި ބެހޭ ގޮތުން އެ ކޮމިޝަން އިން ތަހުގީގުކުރި މައްސަލަތަކުގެ ބާވަތައް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގުހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް އެ ދެ ފަނޑިޔާރުން، ފަނޑިޔާރު ކަމުން ވަގުތީ ގޮތުން ދުރު ކުރުމަށް ފެންނަ ކަމަށެވެ.
"މި ކޮމިޝަންއިން ތަހުގީގު ކުރި މައްސަލަތަކުގެ ބާވަތައް ބަލައި، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، މިބޭފުޅުން ފަނޑިޔާރު ކަމުގެ މަސައްކަތުން ވަގުތީ ގޮތުން ދުރު ކުރަން ޖެހޭކަމަށް ފެންނާތީ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަލްއުސްތާޒު އާދަމް މުހައްމަދު އަބްދުﷲ 60 ދުވަހުގެ މުއްދަތަކަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް މި ކޮމިޝަނުގައި މިއަދު ވަނީ ނިންމާފައި" ޖޭއެސްސީން ނެރުނު ބަޔާނުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ