ހައިލަމް، ގާޒީ ކަމުގެ މަގާމުން އިސްތިއުފާ ދެއްވައިފި

ޝަރުއީ ދާއިރާއަށް ގެންނަމުންދާ ބަދަލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
Advertisement
ޝަރުއީ ދާއިރާއަށް ގެންނަމުންދާ ބަދަލުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ހައިލަމް މަގާމުން އިސްތިއުފާ ދެއްވުމުގެ ގޮތުން ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާ، އެ މައްސަލަ މަޖިލީހަށް ފޮނުވީ އޭނާގެ ފަރާތުން ޖޭއެސްސީއަށް ފޮނުވި ކަންކަމަށް ރިއާޔަތްނުކޮށް ކަމަށެވެ. އެހެންކަމުން އޭނާއާ ގުޅޭގޮތުން ޖޭއެސްސީން ގޮތް ނިންމާފައިވަނީ ގާނޫނުއަސާސީއާއި ޖޭއެސްސީގެ ގާނޫނާ ހިލާފަށް ކަމަށްވެސް ހައިލަމް ވަނީ ފާހަގަކުރައްވާފަ އެވެ.
ޖޭއެސްސީ އާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ކުރަމުންދާ މަސައްކަތަކީ އަދުލް އިންސާފު ގާއިމުކުރުމުގެ ނިޒާމު ސިޔާސީ ބޭނުމެއްގައި ވަކި މިސްރާބަކަށް ބައްޓަންކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ހައިލަމް ވަނީ ތުހުމަތުކުރައްވާފަ އެވެ.
ހައިލަމް އިތުރަށް ވިދާޅުވީ އޭނާ ފަނޑިޔާރުކަމުގެ މަގާމުން ސަސްޕެންޑްކޮށް އަދި މަގާމުން ވަކިކުރަން މަޖިލީހަށް ފޮނުވާފައިވަނީވެސް ގާނޫނީ ހަމަތަކުގެ ބޭރުން ކަމަށެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު މަސައްކަތްކުރަމުން ދަނީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކުރުމުގެ ބަދަލުގައި ސިޔާސީ ވަކި ބައެއްގެ މުށުތެރެއަށް ފަނޑިޔާރުގޭގެ ބާރުތައް ޖަމާކުރުމުގެ ވިސްނުމުގައި" ފާޑު ވިދާޅުވަމުން ހައިލަމް ވިދާޅުވެފައިވެ އެވެ.
ގާޒީ ކަމުގެ މަގާމުން ހައިލަމް އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ ގާޒީ ކަމުގެ މަގާމުން ވަކިކުރުމަށް ނިންމާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން އޭނާ މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. އަދި މިމައްސަލަ ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ގާޒީ ކަމުގެ މަގާމުން ހައިލަމް ވަކިކުރުމަށް ވެސް ނިންމާފަ އެވެ.
ހައިލަމް ގާޒީ ކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީއާއި މަޖިލީހުގެ ކޮމިޓީން ނިންމިއިރު ހައިލަމް ހުންނެވީވެސް ސަސްޕެންޑް ކޮށްފަ އެވެ.
ޖޭއެސްސީން ބުނީ ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާފަަ އަމަލުތަކެއް ހައިލަމް ކުރައްވާފައިވާ ކަމަށް ކޮމިޝަންގެ މެންބަރުންނަށް ވެސް އިއްތިފާގުވެވޭ ކަމަށެވެ. އަދި ހައިލަމްގެ އަމަލުތަކަކީ ގާޒީ ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކެއް ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ގަބޫލުކުރެވުނު ކަމަށްވެސް ޖޭއެސްސީން ބުނެ އެވެ. އަދި އެސަބަބުތަކާ ގުޅިގެން ގާޒީ ހައިލަމް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމީ ކަމަށްވެސް ޖޭއެސްސީން މައުލޫމާތު ދީފައިވެ އެވެ.
އިސްގާޒީ ހައިލަމްގެ މައްސަލައެއް ޖޭއެސްސީން ބެލުމަށް ނިންމީ ނިމިގެންދިޔަ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ގާޒީ ހައިލަމް ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަށް ފޮނުވި ފޮޓޮއެއްގެ މައްސަލައިގަ އެވެ. އެ ފޮޓޯގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް މީހުންގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ ބައެއް ވެރިންގެ ކަރުގައި ޗޭނު ޖަހަފާއި ވަނިކޮށެވެ. އެ ބޭފުޅުންގެ ކަރުގައި ޖަހާފައިވާ ޗޭނު ހިފަހައްޓައިގެން ހުރި ކަމަށް އެ ކުރެހުމުގައި ފެންނަނީ ނޮވެމްބަރު 3 ގެ ބަތަލު ޝަހީދު ހުސައިން އާދަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ