ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ ހުޅުމާލޭގައި މަރާލި ގާސިމް ހަސަންގެ ގާތިލް ޅ. ހިންނަވަރު، ބޮޑުހިޔާގެ އަދުހަމް މުހައްމަދުގެ ފޮޓޯ "ވަގުތު" އަށް ލިބިއްޖެއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 21 އަހަރުގެ އަދުހަމަކީ މަޝްހޫރު މީސްމީޑިއާ "ޓިކްޓޮކް" ގައި ވެސް ހަރަކާތެރިވަމުން އަންނަ މީހެކެވެ.
އަދުހަމް ވަނީ ގާސިމް މަރާލި ގޮތް ފުލުހުންގެ ތަޙްޤީޤާއި، ބަންްދުގެ މުއްދަތު އިތުރުކުރަން ބޭއްވި ޝަރީޢަތުގެ މަޖިލީހުގައި ވެސް ކިޔައިދީފައެވެ.
ގާސިމް މަރާލި މައްސަލާގައި އަދުހަމް ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްވަތި ދުވަހުއެވެ. އޭނާ ގެންދަނީ ފުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދެމުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ.
އުމުރުން 59 އަހަރުގެ ގާސިމް މަރާލަން ބޭނުން ކުރި ހަތިޔާރާއި، ގާސިމް މަރާލިއިރު އަދުހަމް ލައިގެން ހުރި އަންނައުނު ވެސް ފުލުހުން މިހާރު ވަނީ ހޯދާފައެވެ.
ނަމަވެސް އަދުހަމް ގާސިމަށް ހަމަލާދިން ސަބަބެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ގާސިމްގެ މަރުގެ މައްސަލައާއި ގުޅޭ ތަފްސީލް މިހަފްތާގައި ހާމަކުރާނެ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ގާސިމް މަރާލި މީހާގެ ފޮޓޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ