އެތެރޭގެ އިންތިޚާބަށް ފަހު ޕީއެންސީގެ ސްޓިއަރިން ކޮމިޓީތައް އެކުލަވާލައިފި

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީގެ އިންތިޚާބީ މަޤާމުތަކަށް އިންތިޚާބުވި މެންބަރުންނާއެކު ޕާޓީގެ ސްޓިއަރިން ކޮމެޓީތައް އަލުން އެކުލަވާލައި އިއުލާންކޮށްފިއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބީ މާޤާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް އިންތިޚާބު ބާއްވާފަނީ ހޮނިހިރު ދުވަހުއެވެ. އެއިން އިންތިޚާބުގައި 131 ރަށު ދައިރާއެއްގައި ވޯޓުލުން އެއްފަހަރާ ކުރިއަށް ގެންގޮސްފައިވެއެވެ. ރާއްޖޭގެ އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި 2500 އަށް ވުރެ ގިނަ މަޤާމަށް މެންބަރުން ވަނީ އިންތިޚާބު ކޮށްފައެވެ.
އިންތިޚާބު ކުރި މެންބަރުންނާއެކު ޕާޓީގެ އަސާސީ ޤަވާއިދުގެ ދަށުން ޕާޓީގެ ރަށު ސްޓިއަރިން ކޮމެޓީތައް ވަނީ އަލުން އެކުލަވާލާފައެވެ. އަދި މިހާރު ޕާޓީން ވަނީ ސްޓިއަރިން ކޮމެޓީތައް އެކުލުވާލުނު ގޮތް އިއުލާންކޮށްފައެވެ. މި ސްޓިއަރިން ކޮމެޓީތަކުގައި އިންތިޚާބުވި ފަރާތްތަކާއި މަޤާމުގެ ގޮތުން ސްޓިއަރިން ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން ތިބެއެވެ.
ޕީއެންސީގެ ހިންގާ ޤަވާއިދު އޮތްގޮތުން ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައި ތިއްބެވި މެމްބަރުންނަކީ އެ ދާއިރާތަކުގެ ރައީސުންކަމަށް ވަނީ ކަނޑައަޅާފައެވެ. އެހެންކަމުން، އެ ޕާޓީގެ ދާއިރާތަކުގެ ރައީސުން އިންތިހާބުކުރާނީ އެ ޕާޓީގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގައި ނެތް ދާއިރާތަކުގައި އެކަންޏެވެ.
ޕާޓީގެ ސްޓިއަރިން ކޮމެޓީތައް އެކުލެވިފައިވާ ގޮތް މިހާރު ޕާޓީގެ އިލެކްޝަން ޕޯޓަލްއިން ފެންނަ ގޮތް ވަނީ ހަދާފައެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީއަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއެވެ. އެ ޕާޓީގައި ދަފްތަރުގައި މިއަހަރު ފެށުނުއިރު 74048 މެންބަރުން ތިބި ކަމަށް އިލެކްޝަން ކޮމިޝަނުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ