މާލެ އަންނަމުންދާ ރައްޔިތުން ސާބިތުކޮށްދެނީ އަނިޔާވެރިކަން ނިންމުމަށް ފަސްނުޖެހޭކަން - ޝިދާތާ

އަތޮޅުތެރެއިން މާލެ އަންނަމުންދާ ރައްޔިތުން ސާބިތުކޮށްދެމުން ދަނީ އަނިޔާވެރިކަން ނިންމުމަށް އެ ރައްޔިތުން ފަސް ނުޖެހޭނެކަން ކަމަށް އަދާލަތު ޕާޓީގެ ދިރާސާކުރުމާ ބެހޭ ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
ޝިދާތާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
ޝިދާތާ ވިދާޅުވެފައިވަނީ އަތޮޅު ތެރެއިން މާލެ އަރަމުންދާ ރައްޔިތުން ސާބިތުކޮށްދެނީ އަނިޔާވެރިކަން ނިންމަން ފަހަށް ނުޖެހޭނެކަން ކަމަށެވެ.
ޝިދާތާ މީގެކުރިން ވިދާޅުވެފައިވަނީ ރައްޔިތުން ހުކުރު ދުވަހު ނިކުންނާނީ އަނިޔާވެރިކަން ނިންމަން ކަމަށާއި ރައީސް ޔާމީން ބިރުގަންނަ ވަރަށް އަނެއްކާވެސް މަގުތައް ފުރާލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ