ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދެ ބޭފުޅުން ކަމަށްވާ، ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު އާއި ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރުގެ ނަންފުޅު ދިރާސާކޮށް ކޮމެޓީން އެކުލަވާލި ރިޕޯޓު އިތުރަށް ދިރާސާ ކުރުމަށް އަލުން އެ ކޮމެޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަސާގައި އެ މައްސަލަ އަލުން ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވަމުުން މަޖިލީހުގެ ރައީސް މުހައްމައު ނަޝީދު ވިދާޅުވީ އެ މައްސަލަ އަލުން ކޮމިޓީއަށް ފޮނުވައި ލެއްވީ އެ ދެނަން ދިރާސާކޮށް ކޮމިޓީން މަޖިލީހަށް ފޮނުއްވި ރިޕޯޓްގައި ގޮތެއް ނިންމާފައި ނުވާތީ ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ......
މި ދެބޭފުޅުންގެ ނަންފުޅު ދިރާސާކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއިންނެވެ.
އެ ރިޕޯޓު އަލުން އަނބުރާ ކޮމެޓީއަށް ފޮނުވާލަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދިރާސާގެ މަސައްކަތް ނިންމުމަށްފަހު ފޮނުވި ރިޕޯޓުގައި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
އެ ދެބޭފުޅުންގެ ނަންފުޅު މަޖިލީޙުގައި ތަޅުމުގައި އިއްވާފައިވަނީ ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.
އެމަގާމަށް ފަނޑިޔާރަކު އައްޔަން ކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި ހަ ބޭފުޅަކު ކުރިމަތިލެއްވިއެވެ. ނަމަވެސް ޖޭއެސްސީން ރައީސަށް ލަފާއެރުއްވީ ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ދިޔާނާ ސުޕްރީމް ކޯޓަށް އައްޔަންކުރުމަށް ފެނިވަޑައިގަންނަވާކަމަށެވެ. މަހާޒްގެ ނަންފުޅު ހުށަހެޅުއްވީ ރައީސް ސޯލިހްގެ ފަރާތްޕުޅުންނެވެ. އަދި ޖޭއެސްސީންވެސް ވަނީ މަހާޒްވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ފެނިވަޑައިގަންނަވާކަމަށް ލަފާ އަރުއްވާފަ އެވެ.
ރައީސް ސޯލިހު އެ ދެ ނަންފުޅު މަޖިލީހަށް ފޮނުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރުމަށް އިއުލާން ކުރީ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް އުފުލާފައިވާ ތުހުމަތުތަކާއި ގުޅިގެން ފަނޑިޔާރުކަމުގެ މަގާމުން އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ވަކިކުރެވުމާއި ގުޅިގެންނެވެ. ޑީޑީގެ މައްޗަށް އުފުލާފައިވާ ތުހުމަތުތަކާއި ގުޅިގެން ފަނޑިޔާރުކަމުގެ މަގާމުން ވަކިކޮށްފައިވަނީ އެ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ހާޒިރުވެ ތިއްބެވި 72 މެމްބަރުންގެ ވޯޓާ އެކުގައެވެ.
ކޮމެޓީން ނިންމާ ގޮތެއްގެ މަތިން އަނެއްކާ ވެސް މަޖިލީހުގެ ޖަލްސާއަށް އެމައްސަލަ އެޖެންޑާ ކުރެވިގެންދާނެ އެވެ. އެ ދެ ބޭފުޅުންގެ ތެރެއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކަނޑައެޅިގެންދާނީ މަޖިލީހުގައި ނަގާ ވޯޓުން އެންމެ ގިނަ ވޯޓު ހޯއްދަވާ ބޭފުޅެކެވެ.
ޤާނޫނު އަސާސީގެ 148 ވަަނަ މާއްދާގެ (ހ) ގެ ބުނެފައިވާ ގޮތުން ސުޕްރީމް ކޯޓުގެ އެންމެހާ ފަނޑިޔާރުން އައްޔަންކުރާނީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. މިގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރާ މީހުން ކަނޑައަޅާނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފަހު، ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން އެ ނަންތަކެއް ފާސްވުމުން ކަމަށް ބުނެފައިވެއެވެ. އަދި މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވާ ބޭފުޅުންނަށް މަޖިލީހުން ރުހުން ދިނުމުން އެބޭފުޅުން ހަތް ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖެހެއެވެ
ދިޔާނާ އާއި މަހާޒް ގެ ތެރެއިިން ބޭފުޅަކު ސުޕްރީމް ކޯޓަށް އައްޔަން ކުރުމުގެ މައްސަލަ އަލުން ކޮމިޓީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ