“ކާމިޔާބު ލީޑަރުންނަކީ ތަފާތު އެކި ފިކުރުތަކާއި އެކު މަސައްކަތް ކުރައްވައިގެން ކާމިޔާބު ހޯއްދަވާ ލީޑަރުން” – ޝައިޚް އަލީ ޒާހިރު
ޝެއިހް އަލީ ޒާހިރު ރޭ ދަރުސް ދެއްވަނީ. ފޮޓޯ: އަޝްވާގު / ދިއިސްލާމްކާމިޔާބު ލީޑަރުންނަކީ ތަފާތު އެކި ފިކުރުތަކާއި އެކު މަސައްކަތް ކުރައްވައިގެން ކާމިޔާބު ހޯއްދަވާ ލީޑަރުން” ކަމަށް ޝައިޚް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.“ކާމިޔާބު ލީޑަރުން ނަކީ ތަފާތު އެކި ފިކުރުތަކުގެ ތެރޭން މަސައްކަތް ކުރައްވައިގެން ކާމިޔާބު ހޯއްދަވާ ލީޑަރުންކަމުގައާއި ދުނިޔޭގައި އަހަރަމެން ދިރިއުޅެމުންދާއިރު އަހަރަމެންގެ ތެރޭގައި ދީނީ، އިޖްތިމާޢީ އަދި ސިޔާސީ ފިކުރުތައް ހުންނާނެކަމަށާއި އެހެންނަމަވެސް ބަލަންވީ ތަފާތު ފިކުރުތަކާއި އެކު އެންމެ އެކުގައި ދިރިއުޅުމަށް.” ކަމަށް އައްޝައިޚް އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވީ ރޭ މާލޭގައި ދިރިއުޅޭ ވައިކަރަދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ޖަމިއްޔަތުލް ޖޫދީ ގެ ފަރާތުން އިސްނަގައިގެން ޒުވާނުންގެ މަރުކަޒުގައި ބޭއްވި ދީނީ ދަރުސްގައެވެ.“އެއްބައިވަންތަކަން” މި މައުޟޫއަށް އަލިއަޅުއްވާ ވާހަކަ ދައްކަވަމުން ޝެއިހް އިތުރައް ވިދާޅުވީ “އަހަރަމެންގެ ތެރޭގައި ތަފާތު ފިކުރުގެ މީހުން އަންނަނީ ދިރިއުޅެމުން. ވަކިމީހަކު އެދައްކަނީ ރަގަޅުގޮތްކަމަށް ބަލާ އެހެންމީހުންގެ އަޑު ނޭހުމަކީ އެންމެ ރަގަޅުގޮތެއްވެސް ނޫން. ކޮންމެ ޕާޓީއެއްގެ މީހެއްކަމުގައިވިޔަސް ކޮންމެ ރަށެއްގެ މީހެއްކަމުގައި ވިޔަސް އެފިކުރުތަކާއި އެކުވެސް އަހަރަމެން ދަތުރުކުރަންވީ އެއްމިސްރާބަކަށް. އެއްދިމާލަކަށް.” ކަމަށާއި “ދީނީ ބޮޑެތި ދަންނަބޭކަލުންގެ މެދުގައިވެސް އިޙްތިލާފްގެ މައްސަލަތައް ހުރިކަމަށާއި ދީނީގޮތުން ހުރި އިޙްތިލާފީ މައްސަލަތަކުގައިވެސް އެއްބޭކަލަކު އަނެއްބޭކަލަކާއި އަރާރުން ނުވެ މައްސަލަތައް ހައްލުކުރައްވާފައިވާ”ކަމަށެވެ. އަދި “ކޮންމެ ކަމެއްގައި ތިމާ އަށް ފެންނަގޮތް އެއީ އެކަމުގައި އޮންނަ އެންމެ ރަގަޅުގޮތްކަމުގައި ނުހެއްދެވުމަށާއި އަނެކާގެ ހިޔާލާއި މަޝްވަރާ ހޯއްދަވާ އެފަރާތުގެ ވާހަކަތައްވެސް އަޑުއެއްސެވުމަކީ މުޖްތަމައުގެ ހަމަޖެހުން އޮންނާނެ ކަމެއް.”ކަމުގައެވެ.ގިނަ ބަޔެއްގެ ޝައުގުވެރިކަން ލިބުނު މިދަރުސްގައި ޝެއިހް ވަނީ މުޖްތަމައުގައި މިވާ ބައިބައިވުން ނައްތާލުމަށް އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ