ރައްޔިތުން ހުށައެޅި ކަންތައްތައް ހުއްޓުވުމުގެ އެއްވެސް ނިޔަތެއް ސަރުކާރުން ނުގެންގުޅޭ-ޑީއާރްޕީ

ޑީއާރްޕީގެ ކައުންސިލް އަދި މާލޭ ސިޓީ ކައުންސިލްގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ހަމީދު(ފްލައި)---ފޮޓޯ: ހަވީރުޑިސެމްބަރ 23 ވަނަ ދުވަހު ރާއްޖޭގެ ތާރީޚްގައިވެސް ބޭއްވުނު އެއްވުމުގައި ރައްޔިތުން ހުށައެޅި ކަންތައްތައް ހުއްޓުވުމަށް ފިޔަވަޅު އެޅުވުމުގެ އެއްވެސް ނިޔަތެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ޑީއާރްޕީގެ ކައުންސިލް އަދި މާލޭ ސިޓީ ކައުންސިލްގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހްމަދު ހަމީދު(ފްލައި) ވިދާޅުވެއްޖެއެވެ.ނިއުސްކޮންފެރެންސެއްގައި ވާހަކަ ދައްކަވަމުން އިތުރަށް އަހްމަދު ހަމީދު ވިދާޅުވީ ސަރުކާރުން އެ ޑިމާންޑްތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެ ޑިމާންޑްތަކަށް ހަޖޫޖަހައި ސިޔާސީ މަގްސަދުތައް ސަރުކާރުން ހާސިލްކުރަމުން އަންނަ ކަމަށެވެ.“އެއްވެސް ކަމެއް ފުރިހަމަކޮށްދިނުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ. އަޅުގަނޑުމެން ހުށަހެޅި އެއްވެސް ކަމަކީ ދޫކޮށްލާނެ ކަމެއް ނޫން. ޕްރެސް ސެކްރެޓަރީ ]މުހައްމަދު ޒުހެއިރު[ ހަޖޫ ޖެއްސިވިއަސް އަޅުގަނޑުމެން އެކަންތައް ސަރުކާރުން ކުރުމަށް ބާރުއަޅާނަން،” ފްލައި ވިދާޅުވި އެވެ.އަހުމަދު ހަމީދު(ފްލައި)ވިދާޅުވީ ސަރުކާރުން ޑިމާންޑްތަކަށް ފިޔަވަޅު ނާޅައިފި ނަމަ ހުކުރު ދުވަހު ބޭއްވި ފަދަ ބޮޑު މުޒާހަރާއެއް ބާއްވައި ސަރުކާރު ޖަވާބުދާރީކުރުވާނެކަމަށެވެ.ޑިސެމްބަރ 23 ގައި ބޭއްވި ބޮޑު މުޒާހަރާގައި ރައްޔިތުން ހުށައެޅި ކަންކަން ސަރުކާރުގެ ބޯ ދަށުން ދުއްވާލައި ،އެކަންކަމަށް ޖެއްސުންކޮށް ހަޖޫޖަހަމުން މިއަދުގެ ސަރުކާރުން އަންނަކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ