ދަންވަރުގެ ވަގުތެއްގައި ބަންޑާރަ ނައިބާއި ޗީފް އޮފް ޑިފެންސް ފޯސް ސުޕްރީމް ކޯޓަށް ވަޑައިގެންފި

ރޭގެ ދަން ވަގުތެއްގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ގެނެރަލް އަހުމަދު ޝިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންފިއެވެ.
ހަބަރު ލިބޭ ގޮތުގައި މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ވަދެވަޑައިގެންފައި ވަނީ ކޯޓުގެ މައި ދޮރާށިންނެވެ. އަދި އަހުމަދު ޝިޔާމް ބޭނުންކުރައްވާފައި ވަނީ މާރުކޭޓާއި ދިމާއަށް ހުންނަ ހައި ކޯޓުން ބޭނުން ކުރާ ދޮރާއްޓެކެވެ.
މިކަމާއި ގުޅޭ ގޮތުން މިދެ ބޭފުޅުންގެ ބަހެއް މިހާ ތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އެމްއެންޑީއެފްގެ އިންފޯމޭޝަން އޮފިސަރެއްް ބުނެފައިވާ ގޮތުގައި އެފަރާތްތަކަށް ޗީފް އޮފް ޑިފެންސް ފޯސްް އަހުމަދު ޝިޔާމް ސުޕްރީމް ކޯޓަށް ވަދައިގެންފައިވާ ކަމުގެ ހަބަރެއް ލިބިފައެއް ނުވެއެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ މިކަމަށް ފާޑު ވިދާޅުވެ މިބޭފުޅުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައެވެ. ޖަމީލު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި މިއީ މިނިވަން ޝަރުއީ ނިޒާމެއްގައި ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަމުން މިދެބޭފުޅުން އިސްތިއުފާދެއްވަން ޖެހިވަޑައިގަންނަވާ ކަމުގައި ވެސް ޖަމީލު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ