މިނިސްޓަރު ޝައިނީ އިސްތިއުފާ ދެއްވުމަށް ޕީޕީއެމް މަޖިލިސް މެމްބަރު ތޯރިގް ގޮވާލައްވައިފި

ފިޝަރީޒް މިނިސްސްޓަރު  މުހައްމަދު ޝައިނީ މަގާމުން އިސްރިއުފާ ދެއްވުމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް ގޮވާލައްވައިފިއެވެ.
ތޯރިގް އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ރައްޔިތުންގެ ދަތިތައް ހައްލު ނުވެގެން ދިއުމުގެ ޒިންމާ ޑރ. ޝައިނީ ނަންގަވަން ޖެހޭނެ ކަމަށެވެ.
ތޯރިގް ވިދާޅުވީ ޑރ. ޝައިނީ އިތުރަށް ފިޝަރީޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން މަސްވެރިންނަށާއި މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ