މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލާނެ ކަމަށް މާލެ އަށް ކަރަންޓް ފޯރުކޮށްދެމުންދާ ސަރުކާރުގެ ކުންފުނި ކަމަށްވާ ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން އާންމުކޮށްފައިވާ ދެންނެވުމެއްގައި ބުނެފައި ވަނީ މާދަމާ ހެނދުނު 06:15 ގައި މާފަންނު، ހެންވޭރު އަދި މައްޗަންގޯޅިގެ އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑޭނެ ކަމަށެވެ.
ކުޑަ ވަގުތުކޮޅަކަށް ކަރަންޓްގެ ޚިދުމަތް މެދުކަނޑާލަން ޖެހެނީ މީޑިއަމް ވޯލްޓޭޖް ޑިިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑިން މަސައްކަތެއް ކުރުމަށްޓަކައި ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ދޭތެރެ ދޭތެރެއިން މާލެ އިން ކަރަންޓް ކެނޑޭތީ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ކުރުމަށް ސްޓެލްކޯ އިން ދަނީ މަސައްކަތް ކުރަމުންނެވެ.
މާދަމާ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ