އިދިކޮޅު ފަރާތްތަކުގެ އެއްވުމާއެކު މާލެއިން ކަރަންޓު ކެނޑުމުން ސަރުކާރަށް ފާޑުކިޔުންތައް އޮއްސާލައިފި

އިދިކޮޅު ފަރާތްތަކުގެ އެއްވުން ކުރިއަށްދަނިކޮށް މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުމާއެކު، ސަރުކާރަށް ފާޑުކިޔުތައް އޮއްސާލައިފި އެވެ.
 
އިދިކޮޅު ފަރާތްތަކުން ކޮންމެ ހަފްތާއެއްގެ ހުކުރު ދުވަހެއްގައި އެމްޑީޕީ ހަރުގެ ކުރިމަތީގައި ހާއްސަ ހަރަކާތެއް ކުރިއަށްގެންދާއިރު، މި ހަފްތާގެ އެއްވުންވެސް ހާއްސަކޮށްފައި އޮތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި، ސިޔާސީ ފަރާތްތަކަށް ދައްކާ ބިރުދެއްކުން ހުއްޓާލުމަށް ގޮވާލަ އެވެ. އެއްވުން ފެށިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ވަނީ ގޮސްފަ އެވެ. އެއާއެކު ކުޑަ ވަގުތުކޮޅަކަށް އެއްވުންވެސް މެދުކެނޑުމަށްފަހު އަމިއްލަ ޖަނަރޭޓަރެއް ބޭނުންކޮށްގެން އިދިކޮޅު ފަރާތްތަކުގެ އެއްވުން ވަނީ ކުރިއަށްގެންގޮސްފަ އެވެ.
 
އެއްވުމުގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ ކަރަންޓު ޔަޤީންކޮށްދޭނަކަމަށް ވައުދުވި ސަރުކާރަށް އެކަންވެސް ކޮށްނުދެވޭކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އެއްވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވީ ސަރުކާރަށް ޔަޤީންކޮށްދެވިފައިވަނީ އެންމެ ކަމެއްކަމަށެވެ. އެއީ ވައްކަންކުރުންކަމަށާއި، އިތުރު އެއްވެސް ކަމެއް ސަރުކާރަށް ޔަޤީންކޮށްދެވިފައިނުވާ ކަމަށެވެ. އަދި މި ސަރުކާރުގައި ތިއްބެވި އިސްބޭފުޅުންނަށް ހަމައެކަނި ކުރައްވަން އެނގޭކަމަކީ ވައްކަން ކުރުމާއި، ކޮރަޕްޝަން ކަމަށް އޭނާ ވިދާޅުވި އެވެ.
 
"ސައުވީސް ގަޑިއިރު ކަރަންޓް ޔަޤީންތޯ؟ ޔަޤީން ކަމަކީ އެއްކަމެއް އެއީ ވައްކަން." އިމްތިޔާޒް ފަހުމީ ވިދާޅުވި އެވެ.
 
އިމްތިޔާޒް ވިދާޅުވީ ކަރަންޓު ނެތްކަމުގައިވީނަމަވެސް ދޫ ސަލާމަތުން ހުރިކަމުގައިވާނަމަ ސަރުކާރުން ހިންގާ ޖަރީމާތަކާއި ވައްކަނތްކުގެ ވާހަކަދައްކާނެ ކަމަށެވެ. އަދި އެ ވާހަކަދެއްކުން ހުއްޓާ ނުލާނެކަމަށް އޭނާ ވިދާޅުވި އެވެ. އިމްތިޔާޒް ވިދާޅުވީ ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ކޮރަޕްޝަންކަމަށެވެ. އެގޮތުން އެމްއެމްޕީއާރުސީއަށްފަހު ފެނަކައިގެ ކޮރަޕްޝަން އޭނާ ފާހަގަކުރެއްވި އެވެ.
 
ދެންވެސް އެއްވުމުގައި ވާހަކަދެއްކެވި ބޭފުޅުން ވަނީ ކަރަންޓުގެ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ވާހަކަދައްކަވާފަ އެވެ. އަދި ސަރުކަރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
 
އެއްވުން ނިންމާލާފައިވަނީ ސުލްހަވެރިކަމާއެކުގައެވެ. އަދި އެއްވުން ރޫޅާލުމަށް ފުލުހުންވެސް ހަރަކާތްތެރިވެފައެއް ނުވެއެވެ. އެއްވުމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ އަދަދެއްގެ އާންމުންވެސް ބައިވެރިވެފައިވެއެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ