ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ބޭސް ފަރުވާއަށް ފޮނުވުން ލަސްވާ މައްސަލަ ޖުމްހޫރީ ޕާޓީގެ ފަރާތުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.
ޖޭޕީގެ އިސްވެރިންތަކެއް ވަނީ އެޗްއާރްސީއެމްގެ މެންބަރުންނާއި ބައްދަލުކޮށް ޝަކުވާތައް ވެސް ހުށަހަޅާފައެވެ. އަދި އެދެއް ފަރާތުގެ ދެމެދު ވަރަށް ރަނގަޅު މަޝްވަރާތަކެއް ވެސް ވަނީ ކުރެވިފައެވެ.
ގާސިމްގެ ހާލުކޮޅު ގޯސްއިރު އިންސާނީއްޔަތާއި ހިލާފު އަމަލުތައް ހިންގާނަމަ އެކަން ބަލާނެ ކަމުގެ ޔަގީންކަން އެޗްއާރްސީއެމުން ވަނީ ޖޭޕީގެ މެންބަރުންނަށް ދެއްވާފައެވެ.
ގާސިމް އަށް ދިމާވެފައިވަނީ ހިތުގެ އާލާސްކަން ފުޅެއް ކަމަށާއި އެއީ ރާއްޖެއިން ފަރުވާ ހޯދޭނެ އާލާސްކަންފުޅެއް ނޫން ކަމަށް ޑޮކްޓަރުން ދަނީ ބުނަމުންނެވެ. އަދި ގާސިމް އަށް ފަރުވާ ވީހާވެސް އަވަހަކަށް ނުދެވިއްޖެ ނަމަ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ޑޮކްޓަރުން ދަނީ ބުނަމުންނެވެ.
އެހެން ނަމަވެސް ގާސިމް ފަރުވާއަށް ފޮނުވުން ލަސްވަނީ މެޑިކަލް ބޯޑުގެ ހުއްދަށް ނުލިބިގެން ކަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ ބުނެފައެވެ.
ގާސިމް ފަރުވާއަށް ފޮނުވަން ލަސްވާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ