މާލެ ސަރަހައްދަށް މޫސުމް ގޯސްވުމުގެ ސަބަބުން މި ވަގުތު ހުޅުމާލެ އާއި ވިލިމާލެއަށް ފެރީ ދަތުރުތައް ކުރުން ރައްކާތެރި ނޫން ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ފުލުހުން ބުނީ މެރިން ޕޮލިސްއިން ގެންދަނީ ފެރީ ދަތުރުތައް މޮނިޓާކޮށް ބަލަހައްޓަމުން ކަމަށެވެ. އަދި ފެރީގެ ހިދުމަތް ބޭނުންކުރާ ހުރިހާ މީހުންވެސް ދަތުރުގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހުޅުމާލެއަށް ދަތުރުކުރާ މީހުން އެމީހުންގެ ސައިކަލުތައް މިވަގުތު ގެންދިއުން ރައްކާތެރި ނޫން ކަމަށާއި އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތެއް ނޫނީ ނުކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއިއެކު ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށެވެ.
މެޓް އޮފީހުން އިތުރަށް ބުނީ 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
މޫސުން ގޯސްވުމުން ފެރީ ދަތުރުތައް މޮނީޓާކުރަން ފަށައިފިން: ޕޮލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ