ޝަހީދު އާދަމް ހަލީމަށް ރައީސުލްޖުމްހޫރިއްޔާގެ މެޑެލް ދެއްވައިފި

މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ކ. ކާށިދޫގައި ވަޅިއަކުން ހަމަލާދީ ޝަހީދު ކޮށްލި ލާންސް ކޯޕްރަލް އާދަމް ހަލީމުގެ ހަނދާނުގައި ތައުބީނުގެ ޖަލްސާއެއް މިއަދު ބާއްވައިފި އެވެ.
މި އަދު ހެނދު 11:00 ގައި ކާށިދޫ ސްކޫލް ހޯލްގައި ބޭއްވި ޖަލްސާގައި ޝަހީދު އާދަމް ހަލީމަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލާއި މަގާމުގެ ކުރިއެރުމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. މެޑެއްޔާއި މަގާމުގެ ކުރިއެރުމާއި ހަވާލުވެ ވަޑައިގެންނެވީ ސާޖެންޓް އާދަމް ހަލީމްގެ ބައްޕަ އަހްމަދު ހަލީމެވެ. ގިނަ އަދެދެއްގެ ފުލުހުން ބައިވެރި އެ ޖަލްސާގައި އާދަމް ހަލީމަށް ލިބޭ އިނާޔަތްތަކުގެ ލިޔުމާއި ފުލުހުންގެ ފެމެލީ އެސޯސިއޭޝަނުން ދޭ ރަމްޒީ އެހީވެސް ޝަހީދު އާދަމް ހަލީމްގެ ބައްޕަ އާއި ވަނީ ހަވާލުކޮށްފަ އެވެ.
ތައުބީންގެ ޖަލްސާ ރައީސް ވަހީދުގެ އިތުރުން ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ހޯމް މިނިސްޓްރީގެ ބައެއް ސްޓްޓޭޓް މިނިސްޓަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި މި ޖަލްސާގައި ބައިވެރިވުމަށް މާލެއިން ގިނަ އަދެދެއްގެ ފުލުހުންގެ އިސް ބޭފުޅުން ވަނީ އެރަށަށް ވަޑައިގަތެވެ.
މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ކާށިދޫ ދާއިރާގެ އަތޮޅު ކައުންސިލް މެންބަރުންނާއި އެ ރަށު ކައުންސިލް މެންބަރުން ބައިވެވަޑައިގެންނެވިއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާއި ޖުމްހޫރީ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި އެ ޕާޓީގެ އިސް ބޭފުޅުން އެ ޖަލްސާގައި ބައިވެރިވެވަޑައިގެނެވި އެވެ.
ޝަހީދު ސާޖަންޓް އާދަމް ހަލީމް ގައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތް ފާހަގަކުރަން ބޭއްވި ތައުބީނުގެ ޖަލްސާގައި ޝަހީދު ސާޖަންޓް އާދަމް ހަލީމްގެ ދިރިއުޅުއްވުމާއި ފުލުހުންގެ ވަޒީފާގައި ހުންނަވާ ކޮށްދެއްވި ހިދުމަތަށް ބަލާލާއި ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ