ސަން ޓްރެވެލް އެކައުންޓް ފްރީޒް ކުރި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ސަން ޓްރެވަލްސް ކުންފުނީގެ ބޭންކު އެކައުންޓުތައް ފްރީޒް ކުރަން ސިވިލް ކޯޓުން ނެރުނު އަމުރު އިސްތިއުނާފު ކުރި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި އެވެ.
އެނގިފައިވާ ގޮތުގައި، ހައި ކޯޓުން މި މައްސަލަ ބޭރުކޮށްލީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
މި މައްސަލައަކީ ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ސަން ޓްރެވެލްސް އިން ބާތިލް ކުރި މައްސަލާގައި ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރުގެ އާބިޓްރޭޝަނުން ނެރެފައިވާ އަމުރާ އެއް ގޮތަށް ސަން ޓްރެވެލްސް އިން ފައިސާ ނުދައްކާތީ ހިލްޓަން އިން ހުށަހެޅި މައްސަލައެކެވެ.
ހިލްޓަނުން ސިވިލް ކޯޓަށް ހުށަހެޅީ އެ ހުކުމް ތަންފީޒު ކުރުމުގެ މައްސަލަ އެވެ. އެކަމާ ގުޅިގެން ސިވިލް ކޯޓުން ވަނީ ސަން ޓްރެވަލްސްގެ އެކައުންޓުތަކުގެ ތަފްސީލުތައް ކޯޓަށް ފޮނުވުމަށާއި އެކައުންޓުތައް ފްރީޒް ކުރުމަށް އަމުރެއް ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ