ރައީސް ނަޝީދު އެދިވަޑައިގަންނަވަނީ ރަހުމަތްތެރިންނާއި އެކު މަޖާކޮށް، އީދު ފާހަގަކުރަން

އުފަލާއި އެކު އީދުގެ ދުވަސްތައް ހޭދަކުރައްވާ އާއިލާ އާއި ރަހުމަތްތެރިންނާއި އެކު މަޖާކުރެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެންނެވީ އަޟްހާ އީދު ފާހަގަ ކުރުމަށް މިރޭ އާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައެވެ.
"މި އީދު ހުރިހާ ބޭފުޅުންވެސް އުފަލާއެކު ހޭދަ ކުރައްވައި، މަޖާ ކުރައްވާ. އާއިލާއާއެކު އުޅުއްވާ، ރަހުމަތްތެރިންނާއެކު އުޅުއްވާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިފަހަރު އީދު އަޅުގަނޑުމެންނާއި މިބައްދަލު ކުރީ ރޯގާގެ އުނދަގުލާއި ނުރައްކަލުގައި އޮއްވާ ކަމަށެވެ.
ނަމަވެސް ސަރުކާރުގެ ބުރަ މަސައްކަތުން އަލުން އަނބުރާ 2019 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ އިޤުތިޞާދު އޮތް ހާލަތައް އަލުން އަނބުރާ އިޤުތިޞާދު ގެންދެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އީދު އަޅުގަނޑުމެންނާ ބައްދަލު މި ކުރަނީ، ރޯގާގެ އުދަނގުލުގައި އަޅުގަނޑުމެން އެންމެވެސް ވަނިކޮށް، ރޯގާގެ ކަންބޮޑުުވުމުގައި ވަނިކޮށް. ރޯގާގެ ސަބަބުން، އިދްތިސާދު ބަންދުވެ، ގައުމުތައް ހުއްޓި، ވިޔަފާރި ހުއްޓި ދިޔަމުން، ރާއްޖޭގެ ރައްޔިތުންނަށްވެސް މި ވަނީ އުދަނގޫތަކާ ކުރިމަތިލާން ޖެހިފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރަހުމަތްތެރިންނާއި އެކު މަޖާކޮށް، އީދު ފާހަގަކުރަން ރައީސް ނަޝީދު އެދިވަޑައިގެންފައި ވާއިރު ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އަންނަ މި ދަނޑިވަޅުގައި ގޭގެއަށް ޒިޔާރަތް ނުކޮށް، ޕާޓީތައް ނުބާއްވާ، އަޟްޙާ ޢީދުގެ ތަހުނިޔާ ބަދަލު ކުރުމުގައި ސަމާލުކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް މިއަދު ވަނީ އެދިވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ