ޕާކިސްތާނު ރައްޔިތުން ކުވެއިތަށް ދިޔުން މަނާ ނުކުރޭ: ޕާކިސްތާނު
އިސްލާމްއާބާދު (ފެބްރުއަރީ 4): ޕާކިސްތާނު ރައްޔިތުން ކުވެއިތަށް ދިޔުން މަނާ ނުކުރާ ކަމަށް ކުވެއިތުގައި ހުންނަ ޕާކިސްތާނުގެ ސަފީރު ވިދާޅުވެއްޖެ އެވެ. ޕާކިސްތާނުގެ ނޫހެއްގައިވާ ގޮތުން އެގައުމުގެ ސަފީރު ގުލާމް ދަސްތަގިރު ވިދާޅުވި ގޮތުގައި ޕާކިސްތާނު ރައްޔިތުން ކުވެއިތަށް ދިޔުން މަނާ ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރަކީ ދޮގު ހަބަރެކެވެ. އަދި އެ ޚަބަރު އެންމެ ފުރަތަމަ ފެންމަތިވީ 2011 ވަނަ އަހަރު ކަމަށް ސަފީރު ވިދާޅުވި އެވެ. ޕާކިސްތާނުގެ ސަފީރު އެފަދައިން ވިދާޅުވެފައި ވަނީ ސީރިއާ، އިރާގް، އީރާން، ޕާކިސްތާނު އަދި އަފްޣާނިސްތާނުގެ ރައްޔިތުންނަށް ކުވެއިތުން ވިސާ ދިނުން މަނާ ކުރި ކަމަށް ބުނެ ސްޕަޓްނިކް އިންޓަނޭޝަނަލްއިން ލިޔެ، އިތުރު މީޑިއާތަކުން ފެތުރި ޚަބަރަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ތެދު ޚަބަރެއް ނޫން ކަމަށް ޕާކިސްތާނުގެ ސަފީރު ވިދާޅުވުމާ ގުޅިގެން ސްޕަޓްނިކް އިންޓަނޭޝަނަލް އިން ވަނީ ކުވެއިތުން ގައުމުތައް މަނާ ކުރި ޚަބަރަކީ ތެދު ޚަބަރެއް ނޫން ކަން ސާބިތުވެފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް ސީރިއާ، އިރާގް، އަފްޣާނިސްތާން އަދި އީރާނުން ޚަބަރު ދޮގުކޮށްފައި ނުވާ ކަން ފާހަގަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ