ސޮނީ ސްޕޯޓްސް "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ފަށައިފި

ސޮނީ ސްޕޯޓްސް އިން ކޮންމެ އަހަރަކުވެސް ސްކޫލް ސީޒަން އާއި ދިމާކޮށް ބާއްވަމުން އަންނަ "ބެކް ޓު ސްކޫލް" ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.
ސޮނީ ސްޕޯޓްސް އިން ބުނީ މި އަހަރުގެ ޕްރޮމޯޝަންގައި، ސޮނީ ސްޕޯޓްސް އިން ގަންނަ ކޮންމެ ސްކޫލް ދަބަހަކަށް ދެވޭ އެއް އަހަރުގެ ވޮރަންޓީގެ އިތުރަށް ބާޓާ މޯލްޑިވްސް އިން ގަންނަ ސްކޫލް ބޫޓުންވެސް އެއް އަހަރު ދުވަހުގެ ވޮރަންޓީ ލިބޭނެ ކަމަށެވެ.
މި ޕްރޮމޯޝަންތައް ކުރިއަށްދާނީ މަޖީދީމަގުގައި ހުންނަ ބާޓާ މޯލްޑިވްސް އިންނާއި ޗާންދަނީ މަގު އަދި އަމީނީ މަގުގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރައިންނެވެ.
މިޕްރޮމޯޝަންގައި އެކިކުލަ ކުލައިގެ ކުދީން ގަޔާވާ ކަހަލަ އަދި ގިނަދުވަހު ހަލާކުނުވެ ހުންނާނޭ ގޮތަށް ފަރުމާކޮށްފައިވާ ދަބަސް ލިބޭނެ ކަމަށާއި، މި ދަބަސްތައް ފަރުމާކޮށްފައިވަނީ ނައިކީ، އެޑިޑަސް، ރިޕްކަރލް އަދި ކުއިކްސިލްވަރ އިން ކަމަށް ސޮނީ ސްޕޯޓްސް އިން ބުންޏެވެ.
ސްކޫލް ދަބަހަކާއި ނައިކީ ނޫނީ އެޑިޑަސް އެކްޓިވިޓީ ބޫޓެއް ގަތުމުން %15 ގެ ޑިސްކައުންޓް އާއި އެކު ބާޓާ މޯލްޑިވްސް ސްކޫލް ބޫޓުން %15 ޑިސްކައުންޓް ލިބޭ ވައުޗަރެއް ލިބޭނެ ކަމަށް ސޮނީ ސްޕޯޓްސްއިން ހާމަކުރެއެވެ. އަދި ބާޓާ އިން ގަންނަ ކޮންމެ ބޫޓަކާއި ސްކޫލް ދަބަހަކަށް ވެސް %15 ޑިސްކައުންޓާއި އެކު އެއް އަހަރުގެ ވޮރަންޓީ ލިބޭނޭ ކަމަށްވެސް، ސޮނީ ސްޕޯޓްސްއިން މައުލޫމާތުދެއެވެ.
ބާޓާ ސްކޫލް ބޫޓް ފަރުމާކޮށްފައިވަނީ ތަފާތު އެކިކަހަލަ ސްޓައިލްތަކަށް ކަޅު އަދި ހުދު ކުލައިންނެވެ. އަދި ލެދަރ ސްކޫލް ބޫޓުތައްވެސް ހެޔޮ އަގުގައި ލިބޭނެ ކަމަށް ސޮނީ ސްޕޯޓްސްއިން ބުންޏެވެ.
މީގެ އިތުރުން މި ޕްރޮމޯޝަންގައި ކުދީން ސްކޫލަށް ބޭނުންވާނެ ފެން އަޅާ ހަމާއި ޕެންސިލް ކޭސްވެސް ލިބޭނެކަން ސޮނީ ސްޕޯޓްސްއިން ހާމަކުރެއެވެ.
ސޮނީ ސްޕޯޓްސް "ބެކް ޓު ސްކޫލް" ޕްރޮމޯޝަން ޖެނުއަރީ 2017 ނިމެންދެން ކުރިއަށް ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ