ޝަރީއަތް އަޑު އަހަން ސުޕްރީމް ކޯޓު ކައިރީ ކިޔޫޖެހިފައި

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލް ކުރަން ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މިއަދަށް ތާވަލުކޮށް ތިންވަނަ ފަހަރަށް ގަޑި ފަސްކޮށްފައިވާއިރު ޝަރީއަތް އަޑުއެހުމަށް ތިން ފަހަރު މަތިން މީހުން ދިގުކޮށް ކިޔޫހަދައިފި އެވެ.
އެންމެން އިންތިޒާރު ކުރަމުން އަންނަ ހުކުމް އިއްވާ މަޖިލީހަށް ވަނުމަށް މިއަދު ފުރަތަމަ ކިޔޫ ހެދީ މެންދުރު ފަހު މިއަދު 2:30 އަށް އަށް ތާވާލު ކުރުމުން 11:00 ޖެހި އިރު އެވެ. ހެނދުނު އެ ގަޑީގައި ފެންފުޅިއާއި މައިލޯ ޕެކެޓު ހިފައިގެން އަވީގައި ކިއު ޖެހުމަށްފަހު ކިޔޫ ރޫޅުނުނީ ހަވީރު 5:00 ޖަހާއިރަށް ޝަރީއަތް ފަސް ކުރުމުންނެވެ. ދެ ގަޑިއިރު ދިގު ކިއުއެއްގައި ކޮޅަށް ތިބުމަށްފަހު ކިއު ދޫކޮށް ދިޔަކަމަށް ވަނީ ދޭއް ޖަހަން ކުޑަތަން ވެފައިވަނިކޮށެވެ.
ދެވަނަ ފަހަރަށް ކިޔޫ ޖެހުނީ ދެގަޑި ބައިގަ އެވެ. އެ ކިއަށް ދެގަޑިއިރު ވީފަހުން އަނެއްކާވެސް ހުކުމް އިއްވުން ވަނީ މިރެއަށް ފަސް ކުރުމުން ކިއު ދޫކޮށް ދިޔައީ މަދު ބައެކެވެ. ނަމަވެސް މިހާރު ސުޕްރީމް ކޯޓް ކައިރީގައި ވަނީ ދިގު ކިޔޫއެއް ހަދާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ