ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރެއްވުމުގެ ގޮތުން މައުމޫން ފައުންޑޭޝަންގެ ފަރާތުން ބާއްވަވާ ސިލްސިލާ ޖަލްސާތަކުގެ ތިންވަނަ ޖަލްސާ މިރޭ އިސްލާމީ މަރުކަޒުގައި އޮންނާނެ ކަމަށް މައުމޫން ފައުންޑޭޝަނުން މިއަދު ބުނެފިއެވެ.
"ކީރިތި ޤުރްއާނުގެ އަލީގައި ފެނުގެ ނިޢުމަތް" މިމައުލޫގެ މައްޗަށް މިރޭ ޖަލްސާގައި ވާހަކަފުޅު ދައްކަވާނީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އެވެ. އަދި މިމައުލޫގެ މައްޗަށް ބިނާކޮށް ކީރިތި ޤުރްއާނާއީ އެކަމަށް ސައިންސްގެ އެހީގައި ލިބޭ ހެކިތަށް ބަޔާންކޮށް ދެއްވާނެކަމަށްވެސް މައުމޫން ފައުންޑޭޝަނުން ބުނެއެވެ.
ކުރީގެ ރައީސް މައުމޫންގެ އިތުރުން ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ޑރ.އަފްރާޝީމް އަލީ ވެސް ވާހަކަފުޅު ދައްކަވާނެކަމަށާއި އަފްރާޝީމް ވާހަކަފުޅުދައްކަވާނީ "އިސްލާމް ދީނަކީ ޢާލަމީ އަދި ޚާތަމީ ދީނެކެވެ." މައުލޫގެ މައްޗަށެވެ.
އިސްލާމީ މަރުކަޒުގައި މިރޭ އޮންނަ ޖަލްސާ ފަށާނީ މިރޭ 10 ޖަހާއިރުކަމަށް މައުމޫން ފައުންޑޭޝަނުން ބުނެއެވެ. އަދި މިޖަލްސާ އަޑުއެހުމަށް އާއްމުކޮށް ހުޅުވާލާފައިވާ ކަމަށާއި ޝައުޤްވެރިވާ ފަރާތަކަށް މައުމޫން ފައުންޑޭޝަނުން ދައުވަތު ދެއްވާކަމަށްވެސް މައުމޫން ފައުންޑޭޝަނުން ބުނެއެވެ.
މައުމޫން ފައުންޑޭޝަނުގެ ފަރާތުން ބާއްވާ ތިންވަނަ ޖަލްސާ މިރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ