އިލެކްޝަންސްގައި މެންބާޝިޕްގެ މައްސަލަތަށް ވަރަށް ގިނަ: ގާސިމް

އިލެކްޝަންސް ކޮމިޝަނުގައި މެންބާޝިޕްގެ މައްސަލަތަށް ވަރަށް ގިނަ ކަމަށް ޖުމުހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިރޭ އެޕާޓީއާއި އަލަށް ގުޅުނު މެންބަރުން ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގާސިމް ވިދާޅުވީ ފިންގާ ޕްރިންޓުގެ މައްސަލަ ފޯމްތަކުގައި ހުންނަކަމަށް ބުނެ އިލެކްޝަނުން މެންބާޝިފް ފޯމްތަށް ރިޖެޓްކުރާކަމަށެވެ. އަދި އިލެކްޝަންސް ގައި ފިންގާ ޕްރިންޓް ބެލޭނެ އެއްވެސް ކަހަލަ ނިޒާމެއް ނެތުމާއި ގާނޫނީ އެއްވެސް ކަހަލަ ހައިސިއްޔަތަކާއި އެކަން މަޖުބޫރުކުރާ ކަމެއް ނެތް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އިލެކްޝަނަށް ފޯމްތަށް ހުށައަޅާތާ އެތަށް ދުވަހެއް ފަހުން ފޯމްތަށް ރިޖެޓް ކުރާކަމަށް ވިދާޅުވަމުން، ވިދާޅުވީ މީގެ ސަބަބުން ފޯމްތަކުގެ ސައްހަކަމާއި މެދު ޝައްކުއުފެދޭ ކަމަށެވެ. އަދި އިލެކްޝަން ތެރޭގައި މިފަދަ މެންބާޝިޕްގެ މައްސަލަތަށް ވަރަށް ގިނަ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުންވެސް ޕާޓީގެ ނައިބު ރައީސް، އަމީން ވިދާޅުވީ ފިންގާ ޕްރިންޓުގެ ސަބަބުން ބޮޑެތި ހަރަދުތަށް ހިނގާ ކަމަށެވެ. އަދި މިފަދަ ދެކޮޅު ނުޖެހޭ ގޮތަކަށް ކަންކަން ހިނގަމުންދާނަމަ އެއީ އެއްވެސް ކަހަލަ މާނައެއް ހުރިކަމެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ. އަދި މިހަކަމަށް އަވަސް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށެވެ.
މިރޭ ބޭއްވި ބައްދަލުވުމުގައި ވިލިމާފަންނު ދާއިރާއިން ވަނީ 100 ފޯމް ހަވާލުކޮށްފައެވެ. އަދި ޕާޓީގެ ރައީސް ގާސިމް އިބްރާހިމްވެސް ވަނީ 200 އަށްވުރެ ގިނަ މެންބަރުންގެ މެންބާޝިޕް ފޯމް ޕާޓީގެ ރެޖިސްޓަރާއާއި ހަވާލުކޮށްފައެވެ. އަދި ހއ ވަށަފަރު ކައުންސިލްގެ ނައިބުރައީސް އަދި އެރަށު ސްކޫލްގެ ޕްރިންސިޕަލް ކަންކުރެއްވި ހަސަން ހަނީފްވެސް ވަނީ ޖުމުހޫރީ ޕާޓީއާއި ސޮއިކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ