ކޮމަންވެލްތުން ވަކިވުމަށް ވިލުފުށި ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ގޮވާލައްވައިފި

ކޮމަންވެލްތުން ރާއްޖެ ވިކުވުމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރ ރިޔާޒު ރަޝީދު ގޮވާލައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވާ ގަރާރަށް ވާހަކަ ދައްކަވަމުން ރިޔާޒު ރަޝީދު ވިދާޅުވީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަކީ ގައުމަށް މިވަގުތު އެންމެ ފައިދާ ހުރިގޮތް ކަމަށާއި އެގޮތަށް އަމަލުކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާކަމަށެވެ.
"އިންސާފުން ބޭރުގައި ކަންކަންކުރާ ބަޔަކާ ގުޅިގެން އުޅުމަކީ ގައުމުގެ މަސްލަހަތެއް ނޫންކަމަށް. އެ ކޮމަންވެލްތު ކަންކަން ކުރަނީ އިންސާފަކުން ނޫން. އެހެންކަމުން އެ ޖަމާއަތުން ވަކިވުމަށް ގޮވާލަން،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވެރިކަން އަމިއްލައަށް ދޫކޮށްލެއްވުމަށް ފަހު ރާއްޖެ ބަދުނާމުކުރުމަށް އެމްޑީޕީން މަސައްކަތް ކުރާ ކަމަށާއި އެކަން ހުއްޓާލާން ޖެހޭކަމަށެވެ.
ރިޔާޒު ރަޝީދުގެ ގޮވާލުމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރ އިބްރާހީމް މުއްތަލިބު ވަނީ ތާއިދު ކުރައްވާ ކޮމަންވެލްތުން ވަކިވުމަށް ތާއިދު ކުރައްވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ