ފެބްްރުއަރީން ފެށިގެން މާލޭގެ ކަރަންޓުގެ އަގު 20 ޕަސެންޓް ބޮޑުވާނެ!
ކަރަންޓު ސަބްސިޑީ އަންނަ މަހުން ފެށިގެން ކަނޑާލައި، ކަރަންޓުގެ އަގަށް ސަރުކާރުން ގެނައި ބަދަލާ އެކު މާލޭގެ ކަރަންޓުގެ އަގު ޖުމްލަ ގޮތެއްގައި 20 ޕަސެންޓް ބޮޑުވާނެ ކަމަށް ހިސާބުތަކުން ދައްކައިފި އެވެ. އެނާޖީ މިނިސްޓްރީ އާއި އެންސްޕާ އަދި ފެނަކަ އިން އިއްޔެ ބުނީ އާ ބަދަލާ އެކު ކަރަންޓްގެ އަގު ބައެއް ބޭންޑްތަކަށް ހެޔޮވާނެ ކަމަށެވެ. އެކަމަކު ސަބްސިޑީ ކަނޑާލުމުން އަގު ހެޔޮވީ ކިހާ ވަރަކަށް ކަމެއް ނުވަތަ އަގު ބޮޑުވަނީ ކިހާވަރެއްކަން އެނގޭނެ އެއްވެސް ތަފްސީލެއް އަދި ނުދެ އެވެ. ބައެއް ބޭންޑްތަކުގެ ޓެރިފް ދަށްކޮށްފައިވީ ނަމަވެސް ފިއުލް ސާޗާޖާއި ސަބްސިޑީ ވެސް ނުހިމަނައި ކަރަންޓްގެ އަގު ޖުމްލަކޮށް ބަލާއިރު ބޮޑުވެ އެވެ. ފިއުލް ސާޗާޖް މިހާރު ހުރި ވަރު ވަރަށް ދަށްކޮށް ހިމެނިޔަސް ކުރިން 1000ރ. ގެ ބިލަކަށް 200ރ ވަރު އިތުރުވެ އެވެ. ކަރަންޓްގެ އަގަށް ގެނައި ބަދަލު ސުމަކުން ފެށިގެން 100 ޔުނިޓާ ހަމައަށް 2.10ރ (15 ލާރީގެ ހެޔޮވުމެއް)101 ޔުނިޓުން 200 ޔުނިޓާ ހަމައަށް 2.20ރ (30 ލާރީގެ ހެޔޮވުމެއް)201 ޔުނިޓުން 300 ޔުނިޓަށް 2.35ރ ( 15 ލާރީގެ ހެޔޮވުމެއް)301 ޔުނިޓުން 400 ޔުނިޓަށް 2.70ރ (25 ލާރީގެ ހެޔޮވުމެއް)401 ޔުނިޓުން 500 ޔުނިޓަށް 3.35ރ (40 ލާރީގެ ބޮޑުވުމެއް)501 ޔުނިޓުން 600 ޔުނިޓަށް 3.95ރ (40 ލާރީގެ ބޮޑުވުމެއް)601 ޔުނިޓުން މައްޗަށް 4.25ރ (40 ލާރީގެ ބޮޑުވުމެއް)ސްޓެލްކޯ އިން ކުރިން ނަގަމުން އައި އަގުތައް 100 ޔުނިޓާ ހަމައަށް ޔުނިޓަކަށް 2.25ރ101 ޔުނިޓުން 300 ޔުނިޓާ ހަމައަށް 2.50ރ. 301 ޔުނިޓުން 500 ޔުނިޓާ ހަމައަށް 2.95ރ.501 ޔުނިޓުން 600 ޔުނިޓާ ހަމައަށް 3.55ރ.601 ޔުނިޓުން މައްޗަށް ޔުނިޓަކަށް 3.85ރ. ކަރަންޓްގެ އަގު މާލެ އާއި އަތޮޅުތަކުގައި ހުރި ތަފާތު މާލޭގައި 400 ޔުނިޓުން މައްޗަށް ބޮޑުވީ ޔުނިޓަކުން 40 ލާރިރަށްރަށުގައި 401 އިން ޔުނިޓުން މައްޗަށް ޔުނިޓަކަށް ނަގަނީ 50 ލާރި ކަރަންޓް އަގަށް ގެނައި ބަދަލާ ގުޅިގެން "ހަވީރު"ން ބެލިއިރު 400 ޔުނިޓަށް ވުރެ ދަށުން ކަރަންޓް ބޭނުން ކުރާ ގޭގެއިން ވެސް ދެން ދައްކަން ޖެހޭ ވަރު ކުރިއަށް ވުރެ ބޮޑުވާނެ އެވެ. އެއީ ސަބްސިޑީ ކަނޑާލުމުންނެވެ. ކަރަންޓް ބިލްގެ ހިސާބު ހަދާނެ ގޮތް ސްޓެލްކޯގެ ވެބްސައިޓުގައި ވަނީ އާއްމުކޮށްފަ އެވެ. މާލޭގައި މިހާރު ކަރަންޓް ބިލަށް އާއްމުކޮށް 278 ޔުނިޓް އަރާ ގެއަކުން މާޗް 1 އިން ފެށިގެން 613ރ. ދައްކަން ޖެހެ އެވެ. މިއީ ގާތްގަނޑަކަށް 112ރ.ގެ ބޮޑުވުމެކެވެ. އެއީ ފިއުލް ސާޗާޖް ނުލަ އެވެ. އެއީ ގާތްގަނޑަކަށް 20 ޕަސެންޓުގެ ބޮޑުވުމެކެވެ. މާލޭގެ 402 ޔުނިޓް އަރާ ގެއެއްގެ ބިލަށް މިހާރު އަރަނީ 782ރ. އެވެ. އެކަމަކު މާޗް މަހުން ފެށިގެން 154ރ. ގެ ބޮޑުވުމަކާ އެކު އެ ޖުމްލަ 936ރ. ޖެހެ އެވެ. ކަރަންޓް ބިލަށް މިހާރު އާއްމުކޮށް 1061 ޔުނިޓް އަރާ ގެއަކަށް 3،222ރ. ދައްކަން ޖެހެ އެވެ. އެކަމަކު އާ ބަދަލާ އެކު 719ރ. ބޮޑުވެ 3،941ރ. ދައްކަން ޖެހޭނެ އެވެ. ރަށްރަށުގައި 89 ޕަސެންޓް މީހުން މަހަކު ބޭނުންކުރާ ކަރަންޓްގެ ނިސްބަތް 400 ޔުނިޓަށް ވުރެ ދަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ސްޓެލްކޯ އިން ކަރަންޓް ފޯރުކޮށްދޭ އެންމެ ބޮޑު އާބާދިއެއް އޮންނަ މާލޭގައި އެ ނިސްބަތް އުޅޭ މިންވަރެއް އަދި ހާމައެއް ނުކުރެ އެވެ. މިހާރު ހަމަޖައްސާފައި އޮތް ގޮތުން 400 ޔުނިޓަށް ވުރެ ދަށުގެ ބިލްތަކަށް ފެބްރުއަރީ 1 އިން ފެށިގެން ފިއުލް ސާޗާޖު ނަގާނީ ތެޔޮ ލީޓަރެއްގެ އަގު 10.75ރ. އަށް މައްޗަށް ހިނގައްޖެ ނަމަ އެވެ. ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އެތެރެކުރާ އެސްޓީއޯ އިން އިއްޔެ ވަނީ ޑީސަލް ލީޓަރެއް 9.25ރ އަދި ޕެޓްރޯލް ލީޓަރެއްގެ އަގު 9.05ރ. އަށް ދަށްކޮށްފަ އެވެ. އެނާޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން ވިދާޅުވީ ސަބްސިޑީ ކަނޑާލި ނަމަވެސް، ކަރަންޓްގެ އަގު ދަށްކުރުމުން އެއީ ރައްޔިތުންނަށް ދެއްކޭނެ އަދަދެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި އެ ބަދަލާ އެކު ސަރުކާރުން ކަރަންޓް ސަބްސިޑީ އަށް ހޭދަކުރަން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ހަ އަހަރުކޮށްފައި އަޅުގަނޑުމެން ޓެރިފް މި ރިވައިޒްކުރީ. ދެން މިހާރު މިވަނީ ބައެއް ބޭންޑްތަކުން ދަށްކޮށްފައި. އަނެއް ބައި ބޭންޑްތަކުން ބޮޑުކޮށްފައި،" މަތީން ވިދާޅުވި އެވެ. "މިހާރު ޓެރިފް ހަދާފައި މި އިންނަ ގޮތުން ސުމަކުން ފެށިގެން 400 ޔުނިޓާ ހަމައަށް ފިއުލް ސާޗާޖް ޓެރިފް ތެރޭގައި ހިމަނާފައެއް ނުވާނެ." އޭނާ ވިދާޅުވީ ތެޔޮ ލީޓަރެއްގެ އަގު 10.75ރ. އަށް ވުރެ މައްޗަށް ނުދާ ނަމަ 400 ޔުނިޓަށް ވުރެ ދަށުން ކަރަންޓް ބޭނުންކުރާ ގެއަކުން ފިއުލް ސާޗާޖް ދައްކަން ނުޖެހޭނެ ކަމަށެވެ. އެކަމަކު އެއަށް ވުރެ އިތުރުވެއްޖެ ނަމަ ކޮންމެ 10 ލާރިއަކުން 3 ލާރީގެ ނިސްބަތުން ފިއުލް ސާޗާޖްގެ ގޮތުގައި ނަގާނެ އެވެ. "އަތޮޅުތަކުގައި ގާތްގަނޑަކަށް 88 ޕަސެންޓަކީ 400 ޔުނިޓުން ދަށް ބޭނުންކުރާ މީހުން،" މަތީން ވިދާޅުވި އެވެ. "ކުންފުނިތަކުން ކަސްޓަމަރުންނަށް ބިލްކުރި ކަމުގައި ވިއަސް އިތުރުވެގެން ދަނީ ކުޑަ އެއްޗެއް. އެވަރުގެ ކުޑަ ބަދަލެއް ބިލަށް އައިސްގެން ސަރުކާރުގެ މާލިއްޔަތަށް ބަލާ ކަމަށް ވަންޏާ ރިކަރަންޓް ހަރަދުން 700 މިލިއަނެއްހާ ރުފިޔާ ސަލާމަތްވާނެ،" އޭނާ ވިދާޅުވި އެވެ. މަތީން ވިދާޅުވި ގޮތުގައި ފެނަކައިން ހިދުމަތް ދޭ ރަށްތަކަށް ބަލާއިރު ބިލަކުން ބޮޑުވަނީ 80ރ. އާއި 135ރ. އާ ދެމެދުގެ އަގެކެވެ. ބިލަށް ކުޑަ އިތުރުވުމެއް އިން ނަމަވެސް ދައުލަތަށް ލިބޭ މާލިއްޔަތަށް އޭގެ ހެޔޮ ފައިދާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "މިދިއަ އަހަރު ސަބްސިޑީގެ ގޮތުގައި 716 މިލިއަން ދީފައިވޭ. ކަރަންޓްގެ އަގަށް މި ގެނައި ބަދަލާ އެކު ސްޓެލްކޯ އަކީ ސަރުކާރުން ސަބްސިޑީ ނުދީ ހިންގާ ކުންފުންޏަކަށް ވެގެންދާނެ،" މަތީން ވިދާޅުވި އެވެ. ސަރުކާރުން ބުނާ ގޮތުގައި އެގޮތުން ސަލާމަތްކުރާ ފައިސާ، ކަރަންޓާއި ފެނުގެ ޚިދުމަތް ތަރައްގީކުރަން ހޭދަކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ