ހުން ޖެހިގެން ފަރުވާ ހޯދާ މީހުން އިންތިހާއަށް އިތުރުވެއްޖެ، އޭޑީކޭގައި ހާއްސަ ކްލިނިކެއް

ވައިރަލް ހުން ޖެހިގެން ދުވާލަކު 200 އަށް ވުރެ ގިނަ މީހުން މިހާރު ޑޮކްޓަރަށް ދައްކާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.
އޭޑީކޭއިން މިމަހު 23 ވަނަ ދުވަހު ނެރުނު ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މިމަހު 21 ވަނަ ދުވަހު ހުން އައިސްގެން 200 މީހުން ޑޮކްޓަރަށް ދެއްކިއެވެ. އަދި 17 އިން ފެށިގެން 100އަށް ވުރެ ގިނަ މީހުން ވަނީ ކޮންމެ ދުވަހަކުވެސް ޑޮކްޓަރަށް ދައްކާފައެވެ.
ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި މޭ 1-10 އަކާ ހަމައަށް ހުން ޖެހިގެން 550 މީހުން ޑޮކްޓަރަށް ދައްކާފައިވާއިރު، އެއީ އެވެރެޖްކޮށް ދުވާލަކު 55 މީހުނެވެ. މޭ 11-21 އަކާ ހަމައަށް ހުން ޖެހިގެން 1،394 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އޭޑީކޭން ބުނެ އެވެ. އެއީ އެވެރެޖްކޮށް ދުވާލަކަށް 126 މީހުނެވެ. 
މިއީ ހަމައެކަނި އޭޑީކޭގެ ހިސާބުތަކެވެ. އައިޖީއެމްއެޗްގެ ހިސާބުތަކެއް ހާމައެއް ނުކުރެއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން (އެޗްޕީއޭ) އިން ވަނީ ހުމާއި ރޯގާ ފެތުރެމުންދާތީ ހޮސްޕިޓަލަށް ދާން ކޮންމެހެން ޖެހިގެން ނޫނީ ނުދިޔުމަށް އިލްތިމާސް ކޮށްފައެވެ.
ކުރިން ވެސް އާންމު ބަލިތައް ފެތުރެމުންދާ ދަނޑިވަޅުތަކުގައި ޚާއްސަ ކުލިނިކް ހުޅުވާ އޭޑީކޭއިން ވަނީ މިފަހަރުވެސް ހުމަށް ކުލިނިކެއް ހުޅުވާފައެވެ. އެ ކުލިނިކް ކޮންމެ ދުވަހަކުވެސް މެންދުރު2:00 އިން ރޭގަނޑު 12:00 އަށް ހުޅުވިފައި ހުންނާނެ ކަމަށް އޭޑީކޭއިން ބުނެ އެވެެ.
 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ