ރައްޔިތުން އުއްމީދުކުރާ ހެޔޮ ބަދަލުތައް ކައިރި މުސްތަޤުބަލުގައި ފެނިގެންދާނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުންނެވި ފާރިސް މައުމޫނު އާންމުކުރެއްވި އާ އަހަރުގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ ބަންދުކޮށްފައި ވަނީ ނުކުރާ ކުށަކަށް، ކަނޑައެޅިގެން ހަޤީޤަތާ ހިލާފު ދޮގު ތުހުމަތުތަކެއްކޮށް، ޤާނޫނާ ހިލާފަށް ކަމަށެވެ. އަދި 2018 ގައި ވެސް އިސްލާހީ މަސައްކަތުގައި ކުރިއަށްދާނެކަމުގެ ޔަޤީންކަންދޭ ކަމަށް ފާރިސް މައުމޫން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ލިބިދޭންޖެހޭ އެންމެހާ ހައްޤުތައް ހޯދައިދީފައި މެނުވީ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. އަދި އެންމެ ގުޅިގެން ކުރާ މަސައްކަތުގައި ރައްޔިތުން އުއްމީދުކުރާ ހެޔޮ ބަދަލުތަކެއް ކައިރި މުސްތަޤުބަލުގައި ފެނިގެންދާނެ ކަމަށް ފާރިސް މައުމޫން ވިދާޅުވިއެވެ.
ފާރިސް މައުމޫނުގެ މައްޗަށް ދެ ދައުވާއެއްކުރި ނަމަވެސް ޝަރީއަތް މަޑުޖެހިފައިވާއިރު އޭނާ ވިދާޅުވީ ޤާނޫނާ ހިލާފަށް ބަންދުކުރި ދުވަހުން ފެށިގެން ދިއްގަރު ދާއިރާގެ ރައްޔިތުންގެ އަޑު، ރައްޔިތުންގެ މަޖިލީހުގައި އިއްވުމުގެ ފުރުސަތު ނަގާލާފައިވާ ކަމަށެވެ. ނަމަވެސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ދިއްގަރު ދާއިރާގެ ރައްޔިތުންގެ ގެއްލިފައިވާ ހައްޤުތައް ހޯދައިދިނުމުގައި އަލުން ހިދުމަތްކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާ ކަމަށް ފާރިސް މައުމޫން ވިދާޅުވިއެވެ.
Mi feshey meelaadhee aa aharuge heyo edhumaai thahuniya, Dhiggaru dhaairaage lobuvethi rahyithunnashaai enmehaa dhivehi lobuvethi rahyithunnah fonuvan! pic.twitter.com/FJQyPV0Bm1
ފާރިސް މައުމޫން ޖަލަށްލާފައި ވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާގެ މައްސަލަ ނިމެންދެންނެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތްތައް މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެގެންގޮސްފައެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ރައްޔިތުން އުއްމީދުކުރާ ހެޔޮ ބަދަލުތަކެއް ކައިރި މުސްތަޤުބަލުގައި ފެނިގެންދާނެ: ފާރިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ