އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފި
އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފިއެވެ. ޖޭޕީއާއި ގުޅިވަޑައިގަތުމަށްފަހު، ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، ޕާޓީގެ ވެރިމީހާ އަންނަންދެން ޖުމްހޫރީ ޕާޓީގެ އޮޑި އެހެލާފައި ބަހައްޓައިގެން ނުވާނެ ކަމަށެވެ. އެހެންނަމަވެސް އުމަރު ޖޭޕީއާއި ގުޅިވަޑައިގަތީ ރިޔާސީ އިންތިޚާބްގައި ވާދަ ކުރުމަށް ޓިކެޓް ހޯދަން ނޫން ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އުމަރު ވަނީ ޖަލު ޚުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ޤާސިމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބްގައި ވާދަ ކުރެވެން ޖެހޭނެ ކަމަށްވެސް ވިދާޅުވެފައެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވުމަށްފަހު އެމްޑީޕީ އާއި ޕީޕީއެމްއަށް ނުސީދާ ގޮތެއްގައި ފާޑު ވިދާޅުވެފައެވެ. އުމަރު ޖޭޕީއާއި ގުޅިވަޑައިގަތީ ވެރިކަމަށް ކުރިމަތި ލުމަށް ކަމަށް ސިޔާސީ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ