އދ. އިން އީރާނަށް ފޮނުވާ ސްޕެޝަލް ރެޕަޓްއާ ގެ މަގާމަށް ޑރ. ޝަހީދު

އދ ގެ ހިއުމަން ރައިޓްސް ކައުންސިލުން އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ދެނެގަތުމަށް އީރާނަށް ފޮނުވާ، ސްޕެޝަލް ރެޕޮޓުއާ އޮން ހިއުމަން ރައިޓްސްގެ މަގާމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ހޮވިއްޖެ އެވެ.
ފޮރިން މިނިސްޓްރީން އިއްޔެ އާއްމުކުރި ބަޔާނުގައި ބުނެފައި ވަނީ ޑރ. ޝަހީދަށް މިލިބިވަޑައިގަތް މަގާމަކީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަގާމުތަކުގެ ތެރޭގައި ހިމެނޭ މަގާމެއް ކަމަށެވެ.
"... ކެންޑިޑޭޓުންތަކެއް ލިސްޓަކުން އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ރައީސް، ޑރ. ޝަހީދުގެ ނަންފުޅު އިހުތިޔާރު ކުރެއްވުމަށް ފަހު އިއުލާން ކުރެއްވުމުން، އެ ކައުންސިލްގައި ހިމެނޭ 47 ގައުމުން ޝަހީދުގެ ނަންފުޅަށް ތާއީދުކުރިއެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އީރާނުގައި އިންސާނީ ހައްގުތަކުގެ މައްސަލަ އޮތް ގޮތް ބެލުމަށް ރެޕޮޓުއާ އެއް ހަމަޖެއްސުމަށް އދ. ގެ ހިއުމަން ރައިޓސް ކައުންސިލުން ނިންމީ މިއަހަރުގެ މާޗް މަހު އެވެ. އެއީ އެގައުމުގައި 2009 ވަނަ އަހަރު ބޭއްވި އިންތިހާބަށް ފަހު އެ ގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތު ގޯސްވެފައި ވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ