ފެކަލްޓީ އެޑްވައިޒަރީ ކޮމިޓީއަށް ލަތީފާ ގާސިމް ހަމަޖައްސައިފި

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ "ފެކަލްޓީ އެޑްވައިޒަރީ ކޮމިޓީ" ގެ މެންބަރު ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ލަތީފާ ގާސިމް ހަމަޖައްސައިފި އެވެ.
ޖެއެސްސީން ކަނޑައަޅާ މެންބަރަކަށް ލަތީފާ ހަމަޖައްސާފައިވަނީ ކޮމިޝަންގެ މި އަހަރުގެ 38 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ކުރިން އެފްއެސްއެލްގެ ބޯޑުގައި ޖޭއެސްސީގެ ފަރާތުން އިންނެވީ ކޮމިޝަންގެ މެންބަރު އަދި ޑްރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު އީސާފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ