މޫސުން ރަނގަޅުނަމަ އީދު ނަމާދުކުރުން ބޮޑު ޖަމާއަތުގައި

ބަރަކާތްތެރި އަލްޙާ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
އަލްޙާ އީދާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރުގެ އަޟްހާ އީދު ނަމާދުވެސް ބޮޑު ޖަމާއަތުގައި ކުރަން ހަމަޖެހިފައިވާ ކަމަށެވެ.
އެންމެ ފަހުން ފިތުރު ޢީދު ދުވަހުވެސް ޢީދު ނަމާދުކުރުމަށް މިނިސްޓްރިން ހަމަޖެއްސީ ބޮޑު ޖަމާއަތުގައި ސްޓޭޑިއަމް ސަރަހައްދުގައެވެ.
ނަމަވެސް އެފަހަރުވެސް ވިއްސާރަވުމާއި ގުޅިގެން ބޮޑު ޖަމާއަތް ވަނީ ކެންސަލްކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ ބޮޑު ޖަމާއަތުގެ އިތުރުން ދެން މާލެ ސަރަހައްދުގައި ޢީދު ނަމާދުކުރަން ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒާއި، ހުކުރުމިސްކިތާއި، ވިލިނގިލީ ބޯޅަދަނޑާއި، ހުޅުމާލެ ސެންޓްރަލް ޕާކުގެ އިތުރުން މާލެ އާއި ހުޅުމާލެ އަދި ވިލިނގިލީގެ 18 މިސްކިތެއްގައިކަމަށެވެ.
އެހެން ނަމަވެސް މިދުވަސްވަރަކީވެސް މޫސުން ގޯސްވެ ވިއްސާރަ ދުވަސްވަރަަކަށްވުމުން ސުޓޭޑިއަމް ސަރަހައްދުގައި ބޮޑު ޖަމާއަތުގައި ނަމާދު ނުކުރެވޭ ހާލަތެއް މެދުވެރިވެއްޖެނަމަ މާލޭގައި އިތުރު މިސްކިތްތަކެއްގައި ނަމާދުކުރާނެކަމަށެވެ.
އެގޮތުން އިމާދުއްދީން މިސްކިތާއި، ޔޫސުފުލް ބަރުބަރީ މިސްކިތުގެ އިތުރުން ބަހާއުއްދީން މިސްކިތުގައި ވެސް އީދު ނަމާދު ކުރާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި ވިލިނގިލީގެ މަސްޖިދުލް އިހްލާސް އަދި ހުޅުމާލޭގެ މަސްޖިލދުލް އުމަރު ބުން ހައްޠާބު މިސްކިތުގައި ވެސް ޢީދު ނަމާދުކުރުމަށް ވަނީ ހަަމަޖެހިފައެވެ.
މިފަހަކަށް އައިސް ރާއްޖޭގައި ބޮޑު ޖަމާއަތުގައި ނަމާދުކުރަމުންގެންދާއިރު ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަކީ ގަދަވެގެންވާ ސުންނަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ