ފުރަތަމަ 90 ދުވަސްތެރޭ ކަޅަވަރު މިސްކިތް ހޯދާ، ރާވަނީ

ރާއްޖޭގެ އާސާރީ ހިރިގަލުގެ މިސްކިތެއް ކަމުގައިވާ ކަޅުވަކަރު މިސްކިތް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި އަލުން ރޭވުމަށް އައު ސަރުކާރުން ވައުދުވެއްޖެއެވެ.
އައު ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރާނެ މުހިންމު ކަންކަން ހާމަކޮށްފައިވާއިރު، މިނިސްޓްރީ އޮފް އާރޓް އެންޑް ހެރިޓޭޖުން ފުރަތަމަ 100 ދުވަހުގެ ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައި ކަޅުވަކަރު މިސްކިތް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި އަލުން ރޭވުން ވަނީ ހިމަނާފައެވެ.
ކަޅުވަރު މިސްކިތް ރޫޅާލުމަށްފަހު، ނެގިފަހުން އެ މިސްކިތަށް ވީގޮތެއް އަދި ނޭންގިވާއިރު، ފުރަތަމަ 100 ދުވަސްތެރޭ އެ މިސްކިތް ހޯދާ، އަލުން ރާވާނެކަމަށް 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ.
ކަޅުވަރު މިސްކިތް ގދ ތިނަދޫއަށް ބަދަލުކުރަން ނިންމާ، އެ މިސްކިތްހުރި ސަލްޓަންޕާކްގެ އިރުދެކުނު ކަނުން މިސްކިތް ނަގާފައިވަނީ އެތަނުގައި ވިންޓަރޕާކެއް އެޅުމުގެ ގޮތުންނެވެ. ވިންޓާޕާކްގެ މަސައްކަތް ނިންމާ ކުދިންނަށް އެ ތަން ހުޅުވާލާފައިވާއިރު، ކަޅުވަރުކަރު މިސްކިތް ތިނަދޫއަށް ބަދަލުކުރެވިފައެއްނުވެއެވެ.
އެ މިސްކިތް މާލެއިން ބޭރުކުރުމާއި ތާރީޚު ދިރާސާކުރާ ފަރާތްތަކުން ދެކޮޅު ހަދާފައިވާއިރު، ކަޅަވަރު މިސްކިތަށް ހެދިގޮތެއްވެސް ނިމިދިޔަ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ކަޅުވަރު މިސްކިތަކީ މީގެ ކުރިންވެސް އެކި ތަންތަނަކަށް ބަދަލްކުރުުމުގެ ތާރީހެއް އޮތް މިސްކިތެކެވެ.
އެގޮތުން މި މިސްކިތް ފުރަތަމަ ހުރި ކަމަށްވަނީ ހީނާމާގޭ ކުރިމަތިން މަސްޖިދުލް ސުލްޠާނުލް އާދިލް މިހާރު އެހުރި ބިމުގައެވެ.
ނަމަވެސް ރާއްޖޭގެ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި މި މިސްކިތް ބޭރު މީހަކަށް ވިއްކާލުމާ ގުޅިގެން ފުރަަނަފުށި ކިޔާ ރަށަކަށް ވެސް މި މިސްކިތް ބަދަލުކޮށްފައިވެއެވެ.
ނަމަވެސް ފަހުން ރައީސް މައުމޫންގެ ވެރިކަމުގައި އެމިސްކިތް އަލުން ދައުލަތަށް ބައްލަވައިގަނެ އެމިސްކިތް މިހާރު ހުރި ތަން ކަމުގައިވާ ސަލްޓަން ޕާކުގެ އިރު ދެކުނު ކަންމަތީގައި ބެހެއްޓެވިއެވެ.
ކަޅުވަކަރު މިސްކިތުގެ އާބާތުރަ އެންމެ ފަހުން ފިލުވާފައިވަނީ 2009 ވަަނަ އަހަރުގެ ތެރޭގައެވެ.
އެމިސްކިތަކީ، ހިރިގަލާއި، ހައިވަކަރު ބޭނުންކޮށްގެން ރޫޅައި ރޭވޭ ގޮތަށް ހަދާފައިވާ އާސާރީ މިސްކިތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ