ސިއްރު ހެކިބަހާ ގުޅިގެން މައުމޫނު ކުރެއްވި ޓްވީޓް ވީނުވީ ނޭނގި ގެއްލިއްޖެ

ނިމި ދިޔަ ރިޔާސީ އިންތިޚާބާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި ސިއްރު ހެކިބަސް ހުށަހަޅާ ގޮތަށް އޮތުމުން، އެކަމަށް ފާޑުވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ރޭ ކުރެއްވި ޓްވީޓް ވީނުވީ ނޭނގި ގެއްލިއްޖެއެވެ.ރައީސް މައުމޫން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިއްރު ހެކި ބަހަކީ އިސްލާމީ ޝަރީއަތުގައި އޮންނަ އެއްޗެއް ނޫން ކަމަށާއި ކީރިތި ގުރުއާނުގައި ވެސް ރަސޫލާގެ ސުންނަތުގައި ވެސް އަދި އެއްވެސް އިމާމެއްގެ ބަސް ފުޅުގައި ވެސް ސިއްރު ހެކި ބަހުގެ ވާހަކައެއް ނެތް ކަމަށެވެ.ރައީސް މައުމޫނު މިބީދައިން ޓްވީޓް ކުރެއްވުމުން އާންމު ރައްޔިތުންގެ ގިނަ ފަރާތްތަކުގެ ފާޑުކިޔުންތައް އެމަނިކުފާނަށް އަމާޒުވެގެން ދިޔައެވެ. އެގޮތުން ރައީސް މައުމޫންގެ އަނބިކަނބަލުންނާއި ދަރިކަނބަލުންތައް ބުރުގާ ނާޅަނީ ނުވަތަ އައުރަ ނިވާ ނުކުރައްވަނީ އެކަމަށް އިސްލާމްދީނުގައި ޙުކުމެއް ނެތުމުން ތޯ ގިނަބަޔަކު ސުވާލު އުފައްދާފައިވާއިރު، ބުރުގާ އެޅުމާއި ބެހޭ ގޮތުން ރައީސް މައުމޫން 2008 ވަނަ އަހަރު ދައްކަވާފައިވާ ވާހަކަތައް ވެސް ގިނަ ބަޔަކު ގެންދިޔައީ މީސް މީޑިއާގައި ހިއްސާ ކުރަމުންނެވެ.ރައީސް މައުމުން މިފަދަ ގޮތަކަށް ޓްވީޓް ކުރެއްވިއިރު ފާހަގަކޮށްލެވޭ ކަމަކީ ރާއްޖޭގައި ފުރަތަމަ ސިއްރު ހެކިބަސް ނަގައިގެން ޝަރީޢަތް ހިންގަން ފެށީ ރައީސް މައުމޫންގެ ވެރިކަމުގައި ކަމެވެ. އެހެން ކަމުްނ އޭރު އެކަން ނުހުއްޓުވީ ކީއްވެތޯ ވެސް އާންމުންދިޔައީ ސުވާލުކުރަމުންނެވެ.އާންމުންގެ މި ފާޑުކިޔުންތަކާއެކު ރައީސް މައުމޫނު ކުރެއްވި ރެއިން ރެޔަށް ވީނުވީ ނޭނގި ގެއްލުނު ނަމަވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ޝަރީޢަތްތަކުގައި ސިއްރު ހެކި ބަސް ނެގުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމް ބަލައިގެންފައިވާ އުސޫލެއް ކަމެވެ. 
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
13
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ސިއްރު ހެކިބަހާ ގުޅިގެން މައުމޫނު ކުރެއްވި ޓްވީޓް ވީނުވީ ނޭނގި ގެއްލިއްޖެ
2 މިނެޓް ކުރިން
ޔަގީންކަން އޮތިއްޔާ ހިމޭނުން ތިއްބަވާ!
2 މިނެޓް ކުރިން
އިދިކޮޅު ފަރާތްތަކުން އަޅުގަނޑަށް ހަމަލާ ދޭން މަސައްކަތް ކުރި- މިނިސްޓަރ މުއިއްޒު
11 ގަޑި ކުރިން
ތިބާއަށް އެންމެ ކަމުދާ ކުލަ ބުނެދެނީ ކޮންވާހަކައެއް؟
12 ގަޑި ކުރިން
ދަރިފުޅު ކައިރީގައި އަބަދުވެސް މިވާހަކަތައް ބުނާތި
15 ގަޑި ކުރިން
ރިޔާސީ އިންތިހާބުގައި އީސީއިން މަކަރާއި ހިލާތް ހަދާފައިވޭ- ރައީސް ޔަމީންގެ ޤަނޫނީ ޓީމު
15 ގަޑި ކުރިން
ރިޔާސީ އިންތިހާބުގައި އީސީއިން މަކަރާއި ހިލާތް ހަދާފައިވޭ- ރައީސް ޔަމީންގެ ޤަނޫނީ ޓީމު
15 ގަޑި ކުރިން
އިދިކޮޅު ފަރާތްތަކުން އަޅުގަނޑަށް ހަމަލާ ދޭން މަސައްކަތް ކުރި- މިނިސްޓަރ މުއިއްޒު
11 ގަޑި ކުރިން
ދަރިފުޅު ކައިރީގައި އަބަދުވެސް މިވާހަކަތައް ބުނާތި
15 ގަޑި ކުރިން
ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޒިރުކުރުމަށް ތިންމީހަކު ހޯދަނީ
19 ގަޑި ކުރިން
މާދަމާ 10:30 ގައި އަޑުއެހުމެއް ބާއްވަން ތަވާލްކޮށް މިއަދުގެ އަޑުއެހުން ނިންމާލައިފި
17 ގަޑި ކުރިން
ރިޔާސީ އިންތިޚާބާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ: ލައިވް ބްލޮގް
23 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ