މާކުރަތުގެ ހުރިހާ ގެއަކަށް މިރޭ ކަރަންޓް ފޯރުކޮށްދެވޭނެ: ކައުންސިލް

ރ. މާކުރަތުގެ ހުރިހާ ގެއަކަށް އާދީއްތަ ދުވަހުގެ ރޭ ކަރަންޓް ފޯރުކޮށްދެވޭނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން މާކުރަތު ކައުންސިލްގެ ރައީސް ހަސަން އަލީ ވިދާޅުވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޓެކްނިކަލް މުވައްޒަފުން ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން މާކުރަތު އިންޖީނުގޭގައި ހުރި އެންމެ ބޮޑު އިންޖީނު ރޫޅާލައިގެން ފުލް އޯވަރ ހޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.
މިދިޔަ ބްރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެ ރަށަށް ދިމާވެފައިވާ ކަރަންޓް ކެނޑުމުގެ މަސައްލަ ހައްލުކޮށް އާދިއްތަ ދުވަހުގެ ރޭ ހުރިހާ ގޭގެއަށް ކަރަންޓާ ފޯރުކޮށް ދެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން ހަސަން ވިދާޅުވީ އެ ރަށަށް ކަރަންޓު ކުއްލި ކުއްލިއަށް ކެނޑޭ މައްސަލައަކީ ހައްލު ނުކުރެވިފައިވާ ބޮޑު މައްސަލަ އެއް ކަމަށާއި، އެ މައްސަލައަށް ދޮޅު އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. ހަސަން ވިދާޅުވީ ކަރަންޓަށް މައްސަލަ ދިމާވުމުން ކޮންމެ ފަހަރަކު ވެސް ގެންނަނީ ވަގުތީ ހައްލު ކަމަށާއި، ނަމަވެސް މި ވަގުތީ ހައްލުގެ ސަބަބުން ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް މާ ބޮޑު ކަމަށެވެ. އެގޮތުން އެންމެ ބޮޑު ގެއްލުމެއް ވަމުންދަނީ އެރަށުގެ ފިހާރަތަކަށް ކަމަށާއި އޭގެ އިތުރުން ބައެއް ގެތަކުގެ އިލެކްޓްރޯނިކް ސާމާނަށް ގެއްލުންވަމުންދާ ކަމުގެ ޝަކުވާ ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ކަރަންޓުގެ މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށާއި، ނަމަވެސް އެ އިރު ފެނަކައިން އެއްވެސް އެއްބާރުލުމެއް ދީފައި ނުވާ ކަމަށެވެ.
ހަސަން ވިދާޅުވީ އެ ރަށަށް ކަރަންޓުގެ ޚިދުމަތް ދެނީ ޖުމްލަ ތިން ޖަނަރޭޓަރުން ކަމަށާއި، އެއީ 160 ޖެނަރޭޓަރަކާއި، 80 ކިލޯވޯޓުގެ ދެޖަނަރޭޓަރަކުން ކަމަށެވެ. ނަމަވެސް މިހާރު 160 ކިލޯވޯޓުގެ ޖަނަރޭޓަރު ހަލާކުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާކުރަތަކީ 1331 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ