އީސީ ޝަރީފް ގެ ޓުވީޓް "ހޯދާ މަންޖެއަށް"

ރިޔާސީ އިންތިހާބަށްފަހު ފުރަތަމަފަހަރަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމްދު ޝަރީފް ކުރު ޗުއްޓީއަކަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފިއެވެ.
ޝަރީފްފުރާވަޑައިގަންނަވަމުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކުރު ޗުއްޓީއަކަށް ޤައުމުން ބޭރަށް ދާ ކަމަށެވެ.
އަދި ފުރާވައައި ގެންނެވިކަން ޝަރީފް ހޯދަވަން އުޅުއްވާ މަންޖެއަށް ބުނެލަދިނުމަށް މިސަރުކާރުގެ ތަރުޖަމާނު އިބްރާހީމް މުޢާޒް ޢަލީ އަރިހުން އެދިވަޑައިގަންނަވާކަމަށެވެ.
ރިޔާސީ އިންތިހާބު ވޯޓު އޮޅުވާލިކަމަށް ބުނެ ޕީޕީއެމް އިން ބާއްވަމުން އަންނަ އެއްވުން ތަކުގައި ދަނީ ޝަރީފް ފިލީކަމަށް ބުނެ އޭނާ ހޯދުމަށް އެކި ރާގު ގައި ގޮވައި ހަދަމުންނެވެ.
އަދި މިކަން ވަނީ ސޯޝަލް މީޑިއާގެ ސަމާލުކަމަށް ވެސް އައިސްފައެވެ. އެގޮތުން ތަފާތު ހެއްވާ މަޖާ ވީޑިއޯ ތައްޔާރުކޮށް ސަރީފަށް ގޮވާ ވިޑީއޯ ތައް ދަނީ ދައުރު ކުރަމުންނެވެ.
މިނިވަން މުއްސަސާއެއްގެ ވެރިއަކަށް ހުރެ މިފަދަ ޓުވީޓެއް ކުރެއްވުމުން ބައެއް މީހުންގެ ފާޑުކިޔުންވެސް ދަނީ އިލެކްޝަން ކޮމިޝަންގެ ރައީސްއަށް ރައްދުކުރަމުންނެވެ. އަދި މިފަދަ ގޮތަކަށް ޕާޓީގެ އާދައިގެ އެކްޓިވިސްޓަކަށް ރައްދު ދިނުމަކީ ދަށުދަރަޖައިގެ ކަމެއްކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ