ނިމިދިޔަ ރިޔާސީ އިންތިޚާބުން ރައީސް ޢަބްދުﷲ ޔާމީން ބޮޑުތަނުން ބަލިވެ ވެރިކން ބަދަލުކުރުމުގެ މަރުހަލާ ކުރިއަށްދަނިކޮށް ކުށްލި ގޮތަކަށް ސްޓެލްކޯގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް 26 މަޤާމެއް އިތުރަށް އުފައްދައިގެން ބަޔަކަށް ޕްރޮމޯޝަން ދީފިއެވެ.
ޓްރާންސިޝަން ޕީރިއަޑް (އެއްސަރުކާރު އަނެއް ސަރުކާރަށް ބަދަލު ވުމުގެ މަރުޙަލާގައި) މަޤާމްގެ ކުރިއެރުން ނުދިނުމަށާއި ވަޒީފާތަކަށް ބަދަލު ނެގެނެއުމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަންގަވާފައިވަނިކޮށް ސްޓެލްކޯއަށް މި ބޮޑު ބަދަލު ގެނެސްފައި ވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.
އޮކްޓޫބަރު 4 ވަނަ ދުވަހު ނެރެފައިވާ ސަރކިއުލާއަކާ ގުޅިގެން ޢާއްމުކުރި އާ މަޤާމްތަކާއި އެ މަޤާމްތަކަށް ހަމަޖެއްސި މުވައްޒަފުންނަށް އަންގައި ނެރެފައިވާ އެންގުމެއްގައި ބުނެފައި ވަނީ ކުންފުނީގެ ހިންގުމުގެ ދާއިރާތައް ހަރުދަނާކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި، ކުންފުނީގައި ޚިދުމަތާއި މަސައްކަތަށް އެކަށީގެންވާ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރ ނުވަތަ ހިންގުމުގެ އޮނިގަނޑު އެކުލަވާލެވި، ހުސްވި އަހަރު ސެޕްޓެމްބަރުގައި ޢާއްމު ކުރެވިފައިވާ ކަމަށެވެ. އޭގެ އިތުރުން އޮނިގަނޑުގައި އިތުރަށް މަޤާމްތަކެއް އުފައްދާފައިވާ ކަމަށެވެ. އަދި ބައެއް މަޤާމްތަކަށް ހަމަޖެއްސި ފަރާތްތަކުގެ ނަންތައް ވެސް ވަނީ މުވައްޒަފުންނަށް ޢާއްމު ކޮށްފައެވެ. އެގޮތުން 4 އޮކްޓޫބަރުގައި ނެރެފައިވާ ސަރކިއުލާއާ އެއްގޮތަށް އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ދަށުން އެކުލަވާލެވިފައިވާ ދާއިރާތަކާއި އެ ދާއިރާތައް ހިންގަވާނެ އިސްވެރިންނަކީ:-
ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ލަތީފް
ސްޕްރިންޓެންޑެންޓް އިންޖިނިއަރ އިބްރާހީމް ރައޫފް
ކޮމްޕެނީ ސެކްރެޓަރީކަމަށް (ވަގުތީގޮތުން) ޖެނެރަލް މެނޭޖަރ އައިޝަތު މުޒްނާ
ކޯޕަރޭޓް އެންޑް ލީގަލް އެފެއާޒް ޑިޕާޓްމަންޓް ހިންގެވުން ޖެނެރަލް މެނޭޖަރ އައިމިނަތު ރިޒްނާ
ކަސްޓަމަރ ސަރވިސަސް އެންޑް ބިލިންގ ޑިޕާޓްމަންޓް ހިންގެވުން ޖެނެރަލް މެނޭޖަރ މުހައްމަދު ޝާހިދު
ޕްރޮޖެކްޓްސް، ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް ހިންގެވުން ޖެނެރަލް މެނޭޖަރ އަހުމަދު ސައިފް
އިންޖިނިއަރިންގ އެންޑް މެކޭނިކަލް ޑިޕާޓްމަންޓް ހިންގެވުން ޖެނެރަލް މެނޭޖަރ އަހުމަދު އިޤްބާލް.
ޓްރާންސް މިޝަން އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓް ހިންގެވުން ޖެނެރަލް މެނޭޖަރ އަހްމަދު ޝަފީއު
ފައިނޭންސް އެންޑް އެކައުންޓިންގ ޑިޕާޓްމަންޓް ހިންގެވުން ޖެނެރަލް މެނޭޖަރ މުހައްމަދު ސަލީމް
ސްޓެލްކޯ ބިއުރޯ ހިންގެވުން ޖެނެރަލް މެނޭޖަރ އައިޝަތު މުޒްނާ
ޕްރޮކިއުމެންޓް ޑިޕާޓްމަންޓް ހިންގެވުން ޖެނެރަލް މެނޭޖަރ ޢަބްދުލް މާލިކް ތައުފީގް
ހިއުމަން ރިސޯސަސް އެންޑް ޓްރެއިނިންގ ޑިޕާޓްމަންޓް ހިންގެވުން ޖެނެރަލް މެނޭޖަރ ޢަބްދުﷲ ނާޡިރު
ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކް ޑިޕާޓްމަންޓް ހިންގެވުން ޖެނެރަލް މެނޭޖަރ ހަސަން ހުސައިން
އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ ޑިޕާޓްމަންޓް ހިންގެވުން ޖެނެރަލް މެނޭޖަރ ޢަބްދުﷲ މުޝްރިފް
އިންޓާރނަލް އޮޑިޓް އެންޑް ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް (ވަގުތީގޮތުން) ހިންގެވުން ޖެނެރަލް މެނޭޖަރ އަހްމަދު ސައިފް
އިލެކްޓްރިކަލް އިންސްޓުރުމެންޓޭޝަން އެންޑް ކޮންޓްރޯލްސް ޑިޕާޓްމަންޓް ހިންގެވުން ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު
ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް ހިންގެވުން ޖެނެރަލް މެނޭޖަރ ހުސައިން ފަހުމީ
ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމަންޓް (ވަގުތީގޮތުން) ހިންގެވުން ޖެނެރަލް މެނޭޖަރ ޢަބްދުﷲ ނާޡިރު
ޕްލާންޓް އެންޑް ޖެނެރަލް މެއިންޓަނަންސް ޑިޕާޓްމަންޓް ހިންގެވުން ޖެނެރަލް މެނޭޖަރ ފައިޟް ވަހީދު
މާލެ އިންޖީނުގޭގެ ޗީފް މެކޭނިކަލް އިންޖިނިއަރ ޢަބްދުލް ޣަފޫރު
ހުޅުމާލެ އިންޖީނު ގޭގެ ޗީފް މެކޭނިކަލް އިންޖިނިއަރ އިބްރާހީމް ނިޒާމް
ހުޅުމާލެ އިންޖީނު ގޭގެ ޗީފް މެކޭނިކަލް އިންޖިނިއަރ އަހުމަދު ޝަރުނީޒް
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ސްޓެލްކޯއަށް 26 މަޤާމެއް އިތުރުކޮށް އޮނިގަނޑު ބަދަލުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ