ލ. މާވަށު ސްކޫލް ދަރިވަރުންނަށް ކުރިއަށްގެންދިޔަ “ސުވިމް ޓު ލާރން” ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ލ. މާވަށު ސްކޫލްގެ ގްރޭޑް ފަހެއްގެ ދަރިވަރުންނަށް އަމާޒުކޮށް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިއަށްގެންދިޔަ ” ސުވިމް ޓު ލާރން” ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނަށް ހަނދާނީ ލިޔުން ދީފިއެވެ.
ޖަނަވަރީ 27ން ފެބުރުވަރީ 7ށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު، މާވަށު ޒުވާނުންގެ މަރުކަރުގައި ފެބުރުވަރީ 09 ވަނަ ދުވަހު ބާއްވާފައިވާއިރު މިރަސްމިއްޔާތުގައި ދަރިވަރުންނަށް ހަނދާނީ ލިޔުން ބައްސަވައިދެއްވީ، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް މުސްތާޤް މުޙައްމަދެވެ.
މާވަށުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި 35 ދަރިވަރަކު ބައިވެރިވެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާއިރު  މި ޕްރޮގްރާމްގައި، ފަތަން ދަސްކޮށްދިނުމާއި ފެތުމުގައި ބޭނުންކުރާ އުޅުކުތައް ދަސްކޮށްދީ މޫދަށް އެރި އުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއިގުޅޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު ދީފައިވެއެވެ.
މި ރަސްމިއްޔާތުގައި، ޑިވިޜަން ކޮމާންޑަރާއި ލ.އަތޮޅު ކޮމާންޑަރާއި މާވަށު ސްކޫލް ޕްރިންސިޕަލާއި މުދައްރިސުންނާއި ބެލެނިވެރިންގެ އިތުރުން ސްކޫލް ދަރިވަރުން ބައިވެރިވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ