ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރި ކުންފުނިތަކަށް ވެސް އެސްއޯއެފުން ފައިސާ ޖަމާކުރި!

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބުނު އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓްތަކުން ރާއްޖޭގެ މަހުޖަނުން ނިސްބަތްވާ ބޮޑެތި ކުންފުނިތަކަށް ވެސް ފައިސާ ޖަމާކޮށްފައިވާކަން ހާމަވެއްޖެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާންމުކުރި ހިޔާނާތުގެ ރިޕޯޓުގައި ވާގޮތުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެސްއޯއެފް ކުންފުނީގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް ޖަމާކޮށް އެ ފައިސާ އަމިއްލަ ފަރާތްތަކަށާއި އަމިއްލަ ކުންފުނިތަކުގެ އެކައުންޓުތަކަށް ވަނީ ޖަމާކޮށްފައެވެ.
އެގޮތުން ފައިސާ ޖަމާކޮށްފައިވާ ބައެއް ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ މަހުޖަނުންގެ ތެރޭގައި ހިމެނޭ ޗަމްޕާ ހުސެއިން އަފީފު ނިސްބަތްވާ ޗަމްޕާ ބްރަދާސް މޯލްޑިވްސް އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމުގެ ވިލާ ޓްރެވަލްސް އެންޑް ޓުވާސް ވެސް ހިމެނެއެވެ.
އޭސީސީގެ ރިޕޯޓުގައި ހިޔާނާތުގެ ފައިސާ ޖަމާކޮށްފައިވާ ކުންފުނިތަކާއި އެ ކުންފުނިތަކަށް ޖަމާވެފައިވާ އަދަދުތައް:
ޗަމްޕާ ބްރަދާސް މޯލްޑިވްސް: 3,520,000 އެމެރިކާ ޑޮލަރު (54،278،400 ދިވެހި ރުފިޔާ)
އަމީން ކޮންސްޓްރަކްޝަން: 2,023,270 އެމެރިކާ ޑޮލަރު (31,198,823 ދިވެހި ރުފިޔާ)
ރެޑް ވޭވް ޕްރައިވެޓް ލިމިޓެޑް: 1,559,641 އެމެރިކާ ޑޮލަރު (24,049,664 ދިވެހި ރުފިޔާ)
ވިލާ ޓްރެވަލްސް އެންޑް ޓުވާސް: 700,000 އެމެރިކާ ޑޮލަރު (10,794,000 ދިވެހި ރުފިޔާ)
މެރީޑިއަމް ސާވިސަސް: 455,000 އެމެރިކާ ޑޮލަރު (7,016,100 ދިވެހި ރުފިޔާ)
އެލް މޯލްޑިވްސް: 330,000 އެމެރިކާ ޑޮލަރު (5,088,600 ދިވެހި ރުފިޔާ)
އެލްސިޔޯން ޓްރޭޑާސް: 300،000 އެމެރިކާ ޑޮލަރު (4,626,000 ދިވެހި ރުފިޔާ)
އިވެންޓް މޯލްޑިވްސް: 265،000 އެމެރިކާ ޑޮލަރު (4،086،300 ދިވެހި ރުފިޔާ)
ސަންފުރަންޓް: 200,000 އެމެރިކާ ޑޮލަރު (3,084,000 ދިވެހި ރުފިޔާ)
އެޓޯލް ހައިޑްއަވޭ މޯލްޑިވްސް: 150،000 އެމެރިކާ ޑޮލަރު (2،313،000 ދިވެހި ރުފިޔާ)
އައިލެންޑް ޓްރާންސްޕޯޓް: 150،000 އެމެރިކާ ޑޮލަރު (2،313،000 ދިވެހި ރުފިޔާ)
އެމްޔޫ ސްޓޯރު: 150،000 އެމެރިކާ ޑޮލަރު (2،313،000 ދިވެހި ރުފިޔާ)
ޔޫރޯ މާކެޓިން: 127،850 އެމެރިކާ ޑޮލަރު (1،971،447 ދިވެހި ރުފިޔާ)
މުނި އެންޓަޕްރައިޒެސް: 100،000 އެމެރިކާ ޑޮލަރު (1،542،000 ދިވެހި ރުފިޔާ)
ޝީޝާ ޕްރައިވެޓް ލިމިޓެޑް: 100،000 އެމެރިކާ ޑޮލަރު (1،542،000 ދިވެހި ރުފިޔާ)
ފިއުލް އެކްސްޕުރެސް މޯލްޑިވްސް: 90،000 އެމެރިކާ ޑޮލަރު (1،387،800 ދިވެހި ރުފިޔާ)
އެސްޓާސް ޕްރައިވެޓް ލިމިޓެޑް: 70،000 އެމެރިކާ ޑޮލަރު (1،079،400 ދިވެހި ރުފިޔާ)
މެރިން ޑިޒައިން މޯލްޑިވްސް: 80،000 އެމެރިކާ ޑޮލަރު (1،233،600 ދިވެހި ރުފިޔާ)
އެލްސިޔޯން ބޭކަރީ 50،000 އެމެރިކާ ޑޮލަރު (771،000 ދިވެހި ރުފިޔާ)
އެޕޯލޯ ހޯލްޑިގްސް: 50،000 އެމެރިކާ ޑޮލަރު (771،000 ދިވެހި ރުފިޔާ)
ޖައުސާ ހޯލްޑިގްސް: 50،000 އެމެރިކާ ޑޮލަރު (771،000 ދިވެހި ރުފިޔާ)
ކޮމްޕިއުޓާ ޕުލަސް: 20،000 އެމެރިކާ ޑޮލަރު (308،400 ދިވެހި ރުފިޔާ)
މީގެ އިތުރުން ވެސް ބައެއް ކުންފުނިތަކަށާއި އަމިއްލަ ފަރާތްތަކުގެ އެކައުންޓުތަކަށް ވެސް އެސްއޯއެފް އިން  ފައިސާ ޖަމާކޮށްފައިވާކަން އޭސީސީގެ ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެ ހުރިހާ ފައިސާއަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަމެއް ސާފެއް ނުވެއެވެ.
ބައެއް ކުންފުނިތަކުން ބުނެފައިވާގޮތުގައި، އެއީ އެސްއޯއެފްއާއެކު ހަދާފައިވާ ފައިސާގެ މުއާމަލާތެއްގެ ދަށުން ލިބުނު ފައިސާއެއްވެ. އަދި އަނެއް ބައި ކުންފުނިތަކުން ބުނާގޮތުގައި، ޑޮލަރު ގަތުމަށް އެ ކުންފުންޏަށް ދީފައިވާ ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ