އަބަދުވެސް ޕީޕީއެމް އަށް ލިބޭ ގޮނޑިއެއް، އެއްވެސް ވާދަވެރިކަމެއް ނެތި މުއިއްޒުގެ ކޮއްކޮއަށް ލިބިގެން 3 މިލިއަން ހަރަދު ކޮށް ހަވާއަރުވައިފި

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޮ ފާތިމަތު ސައުދާ ހޯއްދެވި ކާމިޔާބީ ކުލަގަދަކޮށް ފާހަގަކޮށްފި އެވެ. މިއީ އަބަދުވެސް ޕީޕީއެމް އަށް ތާއީދު އޮންނަ ގޮނޑިއެކެެވެ. މިއީ އެމްޑީޕީއިން ވާދަ ކުރާ ދަޢިރާއެއްވެސް ނޫނެވެ.
މަޖިލިސް އިންތިހާބުގައި ސައުދާ ވާދަކުރެއްވީ ފ. އަތޮޅު ނިލަންދޫ ދާއިރާއަށެވެ. ވާދަ ކުރީ މިނިވަން ކެންޑިޑޭޓަކާ އެވެ. މާ ބޮޑު ވަދަ ވެރިކަމެއް ނެތް އިރުވެސް މި ގޮނޑި ނެގުމަށް މުއިއްޒު 10 މިލިއަން ޚަރަދު ކުރިއެވެ. މީގެ އިތުރުން މި ގޮނޑި ނެނގުމަށް ނަހަމަ ގޮތުގައި ވަޒީފާ ދިނުމާއި، އިއުލާން ނުކޮށް ވަޒީފާ ދީފައި ވެއެވެ.
ސައުދާ އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރީ %65ގެ އަގުލަބިއްޔަތަކުންނެވެ.
ސައުދާގެ މި “ކާމިޔާބު” ފާހަގަ ކުރަން މުއިއްޒުވަނީ ޗައިނާއިން ނަގާފައިވާ ކޮރަޕްޓް ފައިސާއިން 3 މިލިއަން ޚަރަދު ކޮށްފައި ކަމަށް ޚަބަރު ލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ