ކްރިކެޓް މެޗެއް ބައްލަވަން ރައީސް އިންޑިއާ އަށް ވަޑައިގަންވަނީ

މާދަމާ އިންޑިއާގައި ކުޅޭ ކްރިކެޓް މެޗެއް ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.
އެނގިފައިވާ ގޮތުގައި ރައީސް މާދަމާ ހަވީރު ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) މާދަމާ ކުޅޭ މެޗެއް ބެއްލެވުމަށެވެ.
ރާއްޖޭ ގަޑިން މާދަމާ ރޭ 7:30 ގައި އޮންނަ މެޗުގައި ވާދަކުރާނީ ވިރާޓް ކޯލީ ކެޕްޓަންކަން ކުރާ ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި އެމްއެސް ދޯނީ ކެޕްޓަންކަން ކުރާ ޗެންނާއީ ސުޕަ ކިންގްސް އެވެ.
ރައީސް އޮފީހުން ބުނާ ގޮތުގައި މިއީ ރައީސް ސޯލިހުގެ ނުރަސްމީ ދަތުރުފުޅެކެވެ. އަދި އެނބުރި ގައުމަށް ވަޑައިގަންނަވާނީ ހޯމަ ދުވަހު ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ