ރައީސްގެ މަންދޫބެއްގެ ގޮތުން ޑރ. ޝަހީމް އޯއައިސީގެ ސަމިޓަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީގެ 15 ވަނަ އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ގެމްބިއާއަށް ފުރާވަޑައިގެންފިއެވެ.
މިކަމާގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބާއްވާ ފުރަތަމަ އޯއައިސީގެ އިސްލާމިކް ސަމިޓަށް މިނިސްޓަރު ޝަހީމް ވަޑައިގަންނަވަނީ ރައީސްގެ މަންދޫބެއްގެ ގޮތުގައެވެ.
ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ޝަހީމް އޯއައިސީ ސަމިޓްގައި ރާއްޖޭގެ ފަރާތުން ތަޤުރީރު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ގެމްބިއާގެ ވެރިރަށް ބަންޖުލްގައި ބާއްވާ 15 ވަނަ އޯއައިސީ ޤައުމުތަކުގެ ވެރިންގެ ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 4 އިން 5 އަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ