ގާސިމް ދާއިރާގެ ތިން ފޮށީގެ ބާތިލު ވޯޓު އަލުން ގުނަނީ

މާމިގިލީ ދާއިރާގެ މާމިމިގީލިގައި ހުރި ތިން ވޯޓުފޮށްޓެއް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މާމިގިލީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކަނީ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ.
"ވަގުތު"އަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެ ކޮމިޝަނުން ނިންމީ މާމިގިލީ ތިން ފޮށީގެ ވޯޓުގެ ތެރެއިން ބާތިލު ވޯޓުތައް އެކަނި ގުނާ ގޮތަށާއި މާމިގިލީ ފޮށިތަކުގައި ބާތިލު ވޯޓު އާދަޔާ ޚިލާފަށް ގިނަ ކަމަށެވެ.
" ބާތިލު ވޯޓުގެ އަދަދަށް ބަލާ އިރު އެ ތިން ފޮށީގައި ބާތިލު ވޯޓު ވަރަށް ގިނަ. އެއީ އެދާއިރާގެ ނަތީޖާއަށް ބަދަލު އައިސްފާނެ ފަދަ އަދަދެއް." އަކްރަމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ