އިމާރަތްކުރުމުގެ ދާއިރާގެ ރައްކާތެރިކަމާ ގުޅޭ ވޯކްޝޮޕެއް ފަށައިފި

އިމާރަތްކުރުމުގެ ދާއިރާގެ ރައްކާތެރިކަމާ ގުޅޭ ވޯކްޝޮޕެއް ފަށައިފިއެވެ. މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިސްނަގައިގެން އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި މަސީގެ މެންބަރުންނާއި އިންޑަސްޓްރީ ސްޓޭކްހޯލްޑަރުން ބައިވެރިވެ ވަޑައިގަންނަވަ އެވެ. ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ އިމާރަތްކުރުމުގެ ދާއިރާގެ ރައްކާތެރިކަމާ ގުޅޭގޮތުން މަސީ އިން ވާހަކަ ދައްކާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. "މަސީ އިން ވާނީ 2010 ވަނަ އަހަރު ހެލްތް އެންޑް ސޭފްޓީ ގައިޑްލައިންސްގެ ނަމުގައި ޑޮކިޔުމެންޓެއް ނެރެ، އެ ގައިޑްލައިންގައިވާ ގޮތަށް އަމަލު ކުރުމަށް އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކަށް ހަނދާންކޮށްދީފައި،" ޖަހާ ވިދާޅުވި އެވެ. ޖަނާހު ވިދާޅުވީ ސައިޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ސައިޓުތައް ހުންނަ ސަރަހައްދުތަކުގައި ހިނގާ އުޅޭ މީހުންގެ ރައްކާތެރި ކަމަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ. ކޮންސްޓްރަކްޝަން ސައިޓުތަކުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް އެ ދާއިރާގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ވާހަކަތައް ދައްކަން ޖެހޭކަމަށްވެސް އޭނާ ވިދާޅުވި އެވެ. ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭ ގައިޑްލައިން އެކުލަވާލާފައިވީނަމަވެސް، އެއަށް އަމަލު ނުކުރާކަން ޖަނާހު ފާހަގަ ކުރެއްވިއެވެ. އެ ގައިޑްލައިނަށް އަމަލުކުރޭތޯ ސަރުކާރުން ރެގިއުލޭޓު ނުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މަސީ އިން މިއަދު ވަނީ ކޮންސްޓްރަކްޝަން ދާއިރާގައި ހަރަކާތްތެރިވާނެ ދިވެހިން ތަމްރީނުކުރުމަށް މޯލްޑިވްސް ޕޮލިޓެކްނިކް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ