މޫކައި ސޫޓްސްގެ ކަރަންޓް ކޭބަލްތަކުގައި ރޯވެ ދުން އަރާތީ މީހުން ހުސްކޮށްފި

މޫކައި ސޫޓްސްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއަކަށް ފަހު ކަރަންޓް ކޭބަލްތަކުގައި ރޯވެ އިމާރާތުގެ ލައިޓްތަކުން ދުން އަރާތީ އެތަނުން މީހުން ހުސްކޮށްފި އެވެ.
ބައެއް އޮފީސްތައް ވެސް ހިންގާ އެ ހޮޓަލުގައި ރޯވީ، ފުލުހުން ބުނި ގޮތުގައި އިމާރާތުގެ ގްރައުންޑް ފްލޯގައި ހުރި ކަރަންޓު ކޭބަލްތަކެއްގަ އެވެ. ސިފައިން އަލިފާން ނިއްވާލި ނަމަވެސް އިމާރާތުގެ ހުރިހާ ލައިޓުތަކުން ދުން ނިކުންނާތީ ތަނުން މީހުން ހުސްކޮށް ސިފައިންނާއި ފުުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މޫކައި ސޫޓްސްގެ ލައިޓުތަކުން ދުން ނިކުންނަނީ
ބާޒާރުމަތީ، ޝްވެކް ސިނަމާ ކައިރީ ހުންނަ މި ހޮޓަލުގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ހާދިސާ ހިނގި އިރު އިމާރާތުގައި ތިބި މީހުންގެ އަދަދެއް ވެސް އަދި ސާފެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ