ޔޫރަޕްގެ ޒުވާނުން ‘އޮޔާދަނީ’ – ދިރާސާ

ލިޔުނީ: އަލީ އަހްސަން އިހްސާންއަޅުގަނޑުމެން މުސްލިމުން ޒުވާނުން ޔޫރަޕްގެ ގޮތްތައް ކޮޕީކުރުމުގައި އުޅެނީ ދުނިޔޭގެ ގިންތީގައި ވަރަށް ކުރީގައެވެ. ޔޫރަޕުގެ މީހުން ހެދުން އަޅާ ގޮތާއި އެބައިމީހުންގެ އިޝާރާތްތަކާއި ޝިޔާރުތަކާއި ބަހުރުވައާއި ހުޅަގުންގެ ސްޓައިލަށް ބަދަލުކުރުމަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މިވަނީ ފޫގަޅާލާފައެވެ. އެހެނަސް އަޅުގަނޑުމެން މިކޮޕީ ކުރާ ޔޫރަޕްގެ ޒުވާނުން ވަނީ އޮޔާދާން ފަށާފައެވެ.ބްރިޓިޝް ގެ އިންސްޓިޓިއުޓް ފޯރ ޕަބްލިކް ޕޮލިސީ ރިސާރޗް އިން ނެރުނު ދިރާސާއަކުން ދައްކާގޮތުގައި، ‘ޑްރަގާއި މާރާމާރީ އަދި ގިނަ ބައިވެރިން ގެންގުޅުމުގެ މައްސަލަތައް ގިނަވެ އޮޔާދާ ގައުމުތަކުގެ އެންމެ ކުރީގައި އުޅެނީ ޔޫރަޕްގެ ގައުމުތަކެވެ. އޭގެންވެސް އެންމެ ކުރީގައި އުޅެނީ އިނގިރޭސިވިލާތުގެ ޒުވާނުންނެވެ.’ކުރެވުނު ގިނަ ސްޓަޑީސްތަކެއްގެ މައްޗަށް އެކުލަވާލެވިގެން ތައްޔާރުކޮށްފައިވާ މިދިރާސާގައިވާގޮތުގައި ‘އިގިރޭސިވިލާތް، ޖާރމަނީ، ފްރާންސް އަދި އިޓަލީގެ ޒުވާނުން މަސްތުވާތަކެތި އާންމުގޮތެއްގައި ބޭނުންކުރުމުގެ ސަބަބުން މާރާމާރީ އާއި ބަދުއަހުލާގީ މައްސަލަތަކުގެ މޭސްތިރިންކަމުގައި ވެގެންދާކަމަށާއި މަސްތުވެ ތިބެ ވާނުވާ ނޭނގި އެތައް ކުށްތަކެއް ކުރުމުގައި އެބައިމީހުން ޝާމިލްވާކަމަށެވެ.’ މީގެ އިތުރުން އަޅުގަނޑުމެން ލޯގަނޑެއްކަމުގައި މިބަލާ ‘އިނގިރޭސި ވިލާތުގެ 15 އަހަރުގެ 45 އިންސައްތަ ކުދިން ހޭދަކުރަނީ ރަހުމަތްތެރިންނާއި އެކު ގެއިންބޭރުގައި ކަމަށާއި ސްކޮޓްލޭންޑް ގެ 59 އިންސައްތަ ކުދިން އުޅެނީ ގިނަ ވަގުތު އަމިއްލަ ގެއިން ބޭރުގައި ކަމަށް ދިރާސާއިން ދައްކައެވެ.އިންސްޓިޓިއުޓް ފޯރ ޕަބްލިކް ޕޮލިސީ ރިސާރޗް އިން ނެރެފައިވާ ދިރާސާ ރިޕޯޓްގައި ‘އިނގިރޭސިން ގެ 15 އަހަރުގެ ކުދިންގެ ތެރެއިން 38 އިންސައްތަ މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިސް ބޭނުންކޮށްފައިވާ’ ކަމަށެވެ. އަދި ސްވިޑިންގެ 7 އިންސައްތަ ކުދިން ބޭނުންކުރާއިރު ޖާމަނީގެ 27 އިންސައްތަ ކުދިން ކެނަބިސް ‘ޓްރައި’ ކޮށްފައިވާކަމަށް ދިރާސާއިން ދައްކައެވެ. އަދި މީގެ އިތުރުން ޑެންމާރކް އާއި އަޔަރލޭންޑް ގެ 15 އަހަރުގެ ކުދިންނަކީ ބަނގުރާ ބުއިމުގައި ދުނިޔޭގެ ފެންވަރުން އެންމެ ކުރީގައި އުޅޭ ގައުމެއް ކަމަށާއި އިނގިރޭސި ވިލާތުގެ 15 އަހަރުގެ ކުދިންނަކީ ބަނގުރާ ބުއިމުގެ ތިންވަނަ ދަރަޖައިގެ ‘ވޯސްޓް’ ގައުމެއްކަމަށް މިދިރާސާގައި ބުނެފައިވެއެވެ.މިދިރާސާއިން އިތުރު އެހެން ކަމެއްވެސް ހާމަވެގެންދެއެވެ. އިސްލާމީ ގައުމުތަކާއި އަޅާ ބަލާއިރު ނިސްބަތުން ޔޫރަޕުގެ ޒުވާނުންގެ އާއިލީ ޗޭނުވަނީ ކަނޑައިގެން ދާހާބަލިކަށިވެފައިކަމަށް ދައްކައެވެ. އަދި ދިރިއުޅުމުގެ އެންމެހާ ކަންތައް ބޮއްސުންލައިގެން ގޮސްފައެވެ. ޒިނޭ ކުރުމުގައި ވަކި ޖިންސެއް ބެލުމެއް ނެތި، ކުޑައެއް ބޮޑެއް ނެތި އެދުން ފުއްދަމުންދަނީ ގާނޫނުން އެމީހުންނަށް އެ ‘ހުއްދަ’ ލިބިގެންނެވެ. މަސްތުވާ ތަކެތީގެ ‘ވަކި މިންވަރެއް’ ގާނޫނުގެ ދަށުން ހުއްދަލިބިގެން ބޭނުންކުރުގެ ނަތީޖާއަކީ ތަފާތު އިޖްތިމާއީ މައްސަލަތައް ފުނިޖެހެމުން ދިއުމެވެ. ބަނގުރާ ބޭނުންކުރުމުގައި ‘ވަކި އުސޫލެއްގެ ދަށުން މޮނީޓާރ’ ކުރާކަމަށް ދައުވާ ކުރިކަމުގައި ވިޔަސް މަސްތުވެފައިވާ ހުރިހާ އުމުރެއްގެ މީހުންވަނީ މަގުމަތީގައި ‘ސޭލް’ އެޅުވިފައެވެ. އޭގެ ނަތީޖާއަކީ ‘ހަމަހޭގައި ނުތިބޭ މީހުން’ ހޭ އަރާއިރު ‘އޮރިޔާމުން’ ބައެއްގެ ޝިކާރައަކަށްވެފައި އޮންނަންޖެހޭކަމެވެ. ރޭޕް ކޭސްއަކަށް އެކަން ބަދަލުވެ ދަރިވައްޓާލުމުގެ ޖަރީމާ ހިންގާ އިތުރު އިޖްތިމާއީ މައްސަލަތަކުން ގައުމު ގަތާލެވެއެވެ. މިއީ އަޅުގަނޑުމެން ނުގެނެވިގެން އުޅޭ ‘ތަހުޒީބު’ ތޯއެވެ. މިއީ އަޅުގަނޑުމެން މި ދުރުމި އަޅާ ‘ރާއްޖެ’ ހެއްޔެވެ؟ރިސާޗުން ދައްކާ ގޮތުގައި މިދިރާސާ އިޝާރާތްކުރަނީ ‘ޔޫރަޕްގެ އާއިލީ އަދި އިޖްތިމާއީ ދިރިއުޅުން އަނދަވަޅަކަށް ވެއްޓިފައިވާ’ ކަމުގައެވެ. މިހުރިހާކަމެއްގެ ވެސް އަސްލަކީ ހުޅަނގުން މާއްދިއްޔަތާއި ދިމާލަށް މިސްރާބުޖަހާ އޭގެން އެމީހުންނަށް ގެއްލުންތައްވެ ގައުމުތައް އިނދަޖެހުމެވެ. ހަމަ މިބީދައިން ދިވެހިންގެ ތެރޭގައި މިފަދަ ދިރާސާތައް ކުރިވަރަކަށް ‘އޮރިޔާންވަމުން’ ދާނެކަން ޔަގީނާއި ގާތަށް އަޅުގަނޑަށް ބުނަންކެރެއެވެ. ދިވެހި ގިނަ ޒުވާނުންގެ އަދަބު އަޚުލާގު އުޅެނީ ‘ޔޫރަޕުންނާއި އަޅާކިޔާލެވޭހާ’ ވަކި ސަހަލަ ގޮތަކަށް ނޫނެވެ.ދިވެހި ޒުވާނުންނޭވެ. ހުޅަނގުގެ ގޮތްތަކަށް ‘ރޭރުވެގެން’ އުޅޭއިރު ހުޅަނގުގެ ޒުވާނުން އެއުޅެނީ ‘ހަމަބިމަށް’ ތިރި ނުވެވިގެންނެވެ. މައްސަލަތަކާއި ބިރުވެރިކަމާއި ދިމާލަށް ނުގޮސް ހަމަޖެހޭ ދިރިއުޅެއް ހިޔާރުކުރާށެވެ. ‘ކަނޑީގެ މިޔަމަތީ ދޫ ކޭއްތުމުގެ ބަދަލުގައި ކަނޑި އުރައިގެ ތެރެއަށްލާ ފޮރުވާށެވެ.’ އެހެނަސް އެއީ ކާމިޔާބު ބޭނުމިއްޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ